
-
ރާއްޖޭގައި ނޭޝަނަލް އޮއިލް ރިޒާވެއް ގާއިމުކުރަން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

މިއަދު ކުރިޔަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާލުވީ މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ދުރުރާސްތާ އަށް ވިސްނައިގެން އަޅައި ފިޔަވަޅެއްގެ ގޮތުން ރާއްޖޭގެ ތިން ސަރަހައްދެއްގައި އޮއިލް ރިޒާވް ގާއިމްކުރުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން ތިން ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށް ގެންދަން ނިންމާފައިވާ މަޝްރޫއުގެ ކޮންމެ ފިޔަވައްސަކަށް ދޮޅު އަހަރު ނުވަތަ ދެ އަހަރު ހޭދަވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
"ތެލަކީ އަޅުގަނޑުމެން އެންމެ ބޮޑަށް ޑިޕެންޑުވާން ޖެހޭ ކަންތައް ކަމަށްވާތީ، އޮއިލް ރިޒާމް ގާއިމްކުރުމަށް މަސައްކަތް ކުރުމަކީ އަޅުގަނޑުމެންނަށް ވަރަށް މުހިއްމު ކަމެއް،" އެ މަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އެ ރިޒާވުގެ ސަބަބުން ރާއްޖެއަށް ފައިދާތައް ކުރާނެ ކަމަށާއި އޭގެ ތަފްސީލުތައް، ދިރާސާއަށް ފަހު އާންމުކުރައްވާނެ ކަމަށެވެ.
އެ މަނިކުފާނު ވިދާޅުވީ ކޮންމެ ފިޔަވައްސަކަށް ގާތްގަނޑަކަށް 150 މިލިއަން ޑޮލަރު އިންވެސްޓްކުރަންޖެހޭ ކަމަށެވެ. އެ މަސައްކަތް ކުރާނީ އޭގެ ސަބަބުން ލިބޭނެ ފައިދާ އާއި ގެއްލުންތައް ބަލައި އެކަން ދެމެހެއްޓެނިވި ގޮތަކަށް ކުރެވޭނެ ގޮތަކަށް ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.
ގުޅުންހުރި

"މެދުއިރުމަތީގެ ހަނގުރާމައިގެ ތެރެއިން އިންތިޒާމީ އަދި ޚާރިޖީ ކަމެއްގައިވެސް ރާއްޖޭގެ ސަރަހައްދު ބޭނުން ނުކުރެވޭނެ"

ރާއްޖޭގައި ނޭޝަނަލް އޮއިލް ރިޒާވެއް ގާއިމުކުރަނީ

"އެފޯޑަބަލް ހައުސިންގ" މަޝްރޫޢުގެ މަސައްކަތް ފެށުމަށް ވެފައިވާ ތައްޔާރީތައް ރައީސް ބައްލަވާލައްވައިފި

.gif&w=3840&q=75)



