logoEN
PNC TOP 3
ތަފާތުބޮޑު ނަތީޖާއަކުން މޮޅުވެ ފްލަޔާރސް އިން މުބާރާތް ފެށީ އިތުބާރާއެކު

ތަފާތުބޮޑު ނަތީޖާއަކުން މޮޅުވެ ފްލަޔާރސް އިން މުބާރާތް ފެށީ އިތުބާރާއެކު

ހަސަން ޝަމްއޫން

logo

3/19/2026, 9:39:50 PM

# ކ.ކާށިދޫ# ދިވެހި ކުޅިވަރު # މިއީ ގުޅުމަކީ ފުޓްސަލް ޗެލެންޖް 2026

ފްލަޔާރސް އާއި ނަމަވެސް ވާދަކުރި މެޗުގެ ތެރެއިން..

ކ.ކާށިދޫގައި މިހާރު ކުރިއަށްދާ މިއީ ގުޅުމަކީ ފުޓްސަލް ޗެލެންޖް 2026 ގައި މިރޭ ކުޅުނު ހަތަރުވަނަ މެޗުގައި ގުރޫޕް ބީގެ ފްލަޔާރސް އާއި ޓީމު ނަމަވެސް ވާދަކުރި މެޗު ފަސޭހަކަމާއެކު 5-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ފްލަޔާރސް އިން މުބާރާތް ފެށީ އިތުބާރާއެކުގައެވެ.

PNC MID 2

ކާށިދޫ ފުޓްސަލް ދަނޑުގައި ކުޅުނު މިމެޗުގެ ފުރަތަމަ ހާފުގައި މޮޅަށް ކުޅެ ފްލަޔާރސް އިން މެޗު ޑޮމިނޭޓްކުރިއިރު، ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ތިން ލަނޑުގެ ލީޑަކާއެކު 4-1 ގެ ނަތީޖާއަކުން ފްލަޔާރސް ކުރީގައި އޮވެގެންނެވެ. އަދި ދެވަނަ ހާފުގައި އެޓީމުން އިތުރު އެއްލަނޑު ކާމިޔާބުކުރިއިރު، މިހާފުގައި ޓީމު ނަމަވެސް ގެ ފަރާތުން ވަނީ ރަނގަޅު ދިފާއި ކުޅުމެއް ފެނިގެންގޮސްފައެވެ.

އެގޮތުން މިމެޗުގައި ފްލަޔާރސްގެ އަލީ ފަވާޒް ދެލަނޑު ކާމިޔާބުކުރިއިރު، އެޓީމުގެ ޖަލްވާން ޖައުފަރު، އަހުމަދު ރާޒީ އަދި އިބްރާހިމް އިރުޝަމް އަލީ މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ މިމެޗުގައި އެއްލަނޑު ކާމިޔާބުކޮށްފައެވެ. މީގެ އިތުރުން މިމެޗުގައި ޓީމު ނަމަވެސްގެ ހަމައެކަނި ލަނޑު އެޓީމުގެ ޒައިދު މުހައްމަދު ކާމިޔާބުކޮށްދިންއިރު، މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ފްލަޔާރސްގެ އަހުމަދު ރާޒީ އެވެ.

19 މާރިޗް 2026 އިން 23 މާރިޗު 2026 ގެ ނިޔަލަށް ކުރިއަށްދާ މި، މުބާރާތުގައި މިއަހަރު ޖުމްލަ އަށް ޓީމަކުން ވާދަކުރަމުން އަންނައިރު، މުބާރާތް ކުރިއަށްދަނީ ބައިވެރިވި އަށް ޓީމު ދެ ގުރޫޕަކަށް ބަހާލައިގެންނެވެ. އަދި ކޮންމެ ގުރޫޕަކުން ވެސް އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެ ޓީމު ސެމީފައިނަލަށް ހޮވޭގޮތަށެވެ.

މި މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކީ ކާށިދޫ ކައުންސިލް އިދާރާ އެވެ. އަދި ކޯ ސްޕޮންސަރަކަށް އަވަސް ވަނީ ހަމަޖައްސާފައެވެ. މީގެ އިތުރުން މުބާރާތުގެ ސަޕޯޓިންގ ޕާޓްނަރުންގެ ގޮތުގައި ބޭންކް އޮފް މޯލްޑިވްސް، މޭންވިކް، ދަ ގާމަންޓް ފެކްޓްރީ، ޝައްމު އެމްވީ، ޗާލު ލައިވް، ރަތްވިނަ އަދި ކޮން އެފްޓީ ހަމަޖައްސާފައިވާއިރު، ޑިޖިޓަލް ޕާޓްނަރަކީ އުރިދޫ އެވެ.

މުބާރާތުގެ އޮފިޝަލް ބޯލް ޕާޓްނަރަކީ ޖާޒިޔާ އެވެ. ޓްރަވަލް ޕާޓްނަރަކަށް މައިދޫ ހަމަޖައްސާފައިވާއިރު، އެކަމަޑޭޝަން ޕާޓްނަރަކީ މަރުހަބާ ރެސިޑެންސް އެވެ. އަދި ޕްރިންޓިންގ އެންޑް ޓްރޮފީ ޕާޓްނަރަކަށް ލޭޔާރ ހަމަޖައްސާފައިވާއިރު، ބޭވަރޭޖް ޕާޓްނަރަކީ ޝައުމް އެވެ. އަދި މުބާރާތުގެ އޮފިޝަލް މީޑިއާ ޕާޓްނަރަކީ ގާފު ސްޕޯޓްސް އެވެ.

PNC COMMENT
ކޮމެންޓް
PNC COMMENT
ފަހުގެ
HDC