logoEN
PNC TOP 3
އަކްމަލްގެ ދެލަނޑާއެކު ނުވަދިހަ އަށަކުން ރޭންޖާސް މޮޅުވިޔަނުދީ ހިފަހައްޓައިފި

އަކްމަލްގެ ދެލަނޑާއެކު ނުވަދިހަ އަށަކުން ރޭންޖާސް މޮޅުވިޔަނުދީ ހިފަހައްޓައިފި

ހަސަން ޝަމްއޫން

logo

3/19/2026, 9:03:02 PM

# މިއީ ގުޅުމަކީ ފުޓްސަލް ޗެލެންޖް 2026# ދިވެހި ކުޅިވަރު # ކ.ކާށިދޫ

ޕާމް ރޭންޖާރސް އާއި ނުވަދިހަ އަށެއް ވާދަކުރި މެޗުގެ ތެރެއިން..

ކ.ކާށިދޫގައި މިހާރު ކުރިއަށްދާ މިއީ ގުޅުމަކީ ފުޓްސަލް ޗެލެންޖް 2026 ގައި މިރޭ ކުޅުނު ތިންވަނަ މެޗުގައި ގުރޫޕް އޭގެ ނުވަދިހަ އަށަކާއި ޕާމް ރޭންޖާރސް ވާދަކުރި މެޗު ފޯރިގަދަ ކުޅުމަކަށް ފަހު 3-3 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެއްޖެ އެވެ.

PNC MID 2

ކާށިދޫ ފުޓްސަލް ދަނޑުގައި ކުޅުނު މިމެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ ޕާމް ރޭންޖާރސް އިންނެވެ. މިލަނޑު ފުރަތަމަ ހާފުގެ 14 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ ޝަފްއާން ހަލީމް އެވެ.

ނަމަވެސް އޭގެ ދެ މިނެޓުފަހުން ނުވަދިހަ އަށެއްގެ އަކްމަލް މުހައްމަދު ވަނީ ލަނޑެއް ކާމިޔާބުކޮށް އެޓީމަށް މެޗުގެ ނަތީޖާ އެއްވަރުކޮށްދީފައެވެ. އަދި މިލަނޑާއެކު ދެޓީމު އެއްވަރުވެފައި އޮވެ، ހާފު ނިމެންދަނިކޮށް ރޭންޖާރސް އިން ވަނީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި އެޓީމަށް ލިބުނު ދުރު ދެ ޕަނަލްޓީ އިން އިތުރު ދެލަނޑު ކާމިޔާބުކޮށްފައެވެ.

އެގޮތުން މިހާފުގައި ނުވަދިހަ އަށަކުން ކުރި ހަވަނަ ފައުލާއެކު އެޓީމަށް ލިބުނު ފުރަތަމަ ދުރު ޕެނަލްޓީ އަބާން މުހައްމަދު ކާމިޔާބުކުރިއިރު، ނުވަދިހަ އަށަކުން ކުރި ހަތްވަނަ ފައުލާއެކު އެޓީމަށް ލިބުނު ދެވަނަ ދުރު ޕެނަލްޓީ ކާމިޔާބުކޮށްދިނީ އަޖުލާން އަބްދުލް ހަންނާން އެވެ. އަދި މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 3-1 ގެ ނަތީޖާއަކުން ޕާމް ރޭންޖާރސް ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފުގައި ނުވަދިހަ އަށަކުން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 28 ވަނަ މިނެޓުގައި އެޓީމުގެ އަލީ އައިމަން ވަނީ ލަނޑެއް ކާމިޔާބުކޮށް އެޓީމަށް ނަތީޖާގެ ފަރަގު ކުޑަކޮށްދީފައެވެ. އަދި އެޓީމުން މެޗުގެ ނަތީޖާ އެއްވަރުކުރި ލަނޑު މެޗުގެ އެންމެ ފަހު މިނެޓުގައި ކާމިޔާބުކޮށްދިނީ އަކްމަލް އެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 3-3 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެެގެންނެވެ.

19 މާރިޗް 2026 އިން 23 މާރިޗު 2026 ގެ ނިޔަލަށް ކުރިއަށްދާ މި، މުބާރާތުގައި މިއަހަރު ޖުމްލަ އަށް ޓީމަކުން ވާދަކުރަމުން އަންނައިރު، މުބާރާތް ކުރިއަށްދަނީ ބައިވެރިވި އަށް ޓީމު ދެ ގުރޫޕަކަށް ބަހާލައިގެންނެވެ. އަދި ކޮންމެ ގުރޫޕަކުން ވެސް އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެ ޓީމު ސެމީފައިނަލަށް ހޮވޭގޮތަށެވެ.

މި މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކީ ކާށިދޫ ކައުންސިލް އިދާރާ އެވެ. އަދި ކޯ ސްޕޮންސަރަކަށް އަވަސް ވަނީ ހަމަޖައްސާފައެވެ. މީގެ އިތުރުން މުބާރާތުގެ ސަޕޯޓިންގ ޕާޓްނަރުންގެ ގޮތުގައި ބޭންކް އޮފް މޯލްޑިވްސް، މޭންވިކް، ދަ ގާމަންޓް ފެކްޓްރީ، ޝައްމު އެމްވީ، ޗާލު ލައިވް، ރަތްވިނަ އަދި ކޮން އެފްޓީ ހަމަޖައްސާފައިވާއިރު، ޑިޖިޓަލް ޕާޓްނަރަކީ އުރިދޫ އެވެ.

މުބާރާތުގެ އޮފިޝަލް ބޯލް ޕާޓްނަރަކީ ޖާޒިޔާ އެވެ. ޓްރަވަލް ޕާޓްނަރަކަށް މައިދޫ ހަމަޖައްސާފައިވާއިރު، އެކަމަޑޭޝަން ޕާޓްނަރަކީ މަރުހަބާ ރެސިޑެންސް އެވެ. އަދި ޕްރިންޓިންގ އެންޑް ޓްރޮފީ ޕާޓްނަރަކަށް ލޭޔާރ ހަމަޖައްސާފައިވާއިރު، ބޭވަރޭޖް ޕާޓްނަރަކީ ޝައުމް އެވެ. އަދި މުބާރާތުގެ އޮފިޝަލް މީޑިއާ ޕާޓްނަރަކީ ގާފު ސްޕޯޓްސް އެވެ.

PNC COMMENT
ކޮމެންޓް
PNC COMMENT
ފަހުގެ
HDC