
ޕްލާންޓުތަކަށް ދިން ބޮޑު ހަމަލާއާއިއެކު ގޭސް އުފެއްދުމުގެ ގާބިލުކަން %17 ދަށަށް، މަރާމާތަށް 3-5 އަހަރު ނަގާނެ - ގަތަރު
# އިރާންއިރާނުން މިއަދު ގަތަރުގެ މައި ގޭސް ޕްލާންޓަކަށް ދިން ހަމަލާއާއިއެކު އެގައުމުގެ ގޭސް އުފެއްދުމުގެ ގާބިލުކަމަށް ބޮޑު ބުރުލެއް އަރާފައިވާކަން ހާމަވެއްޖެ އެވެ.

ގަތަރުއެނާޖީގެ ސީއީއޯ ސާދު އަލް ކާބީ މިއަދު ވިދާޅުވީ އީރާނުގެ ހަމަލާތަކުގެ ސަބަބުން އެ ކުންފުނީގެ ލިކުއިފައިޑް ގުދުރަތީ ގޭސް އެކްސްޕޯޓް ކުރުމުގެ ކެޕޭސިޓީގެ 17 ޕަސެންޓް އުފައްދާ ފެސިލިޓީތަކަށް ގެއްލުން ލިބިފައިވާ ކަމަށާއި އެތަންތަން މަރާމާތު ކުރަން ތިން އަހަރާއި ފަސް އަހަރާ ދެމެދުގެ މުއްދަތެއް ނަގާނެ ކަމަށެވެ.
"މިފަދަ ހަމަލާތަކެއް ގަތަރަށް އަމާޒުވެދާނެ ކަމަށް ދުވަހަކުވެސް ހީނުކުރަން، ވަކީން ޚާއްސަކަށް މިފަދަ ބަރަކާތްތެރި މަހެއްގައި" ރޮއިޓާސް ނިއުސް އެޖެންސީއަށް މައުލޫމާތު ދެއްވަމުން ގަތަރުއެނާޖީގެ ސީއީއޯ ސާދު އަލް ކާބީ ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ މި ހަމަލާއާއި ގުޅިގެން ގަތަރުގެ ގޭސް އެކްސްޕޯޓަށް ބޮޑެތި ލޮޅުންތަކެއް އަރާނެ ކަމަށާއި މީގެ ސަބަބުން ފަސް އަހަރާއި ހަމައަށް ބޭރުގެ ބޮޑެތި ގައުމުތަކަށް ގޭސް އިމްޕޯޓުކުރުން ހުއްޓާލަން ޖެހިދާނެކަން އިއުލާނުކުރަން ޖެހިދާނެ ކަމަށެވެ. އޭގެ ތެރޭގައި އިޓަލީ، ބެލްޖިއަމް، ދެކުނު ކޮރެއާ، އަދި ޗައިނާއަށް ކުރާ ސަޕްލައިތައް ހިމެނޭކަން އޭނާ ހާމަކުރެއްވި އެވެ.
އިތުރު ތަފްސީލް އަންނަނީ ..
ގުޅުންހުރި

ޕްލާންޓުތަކަށް ދިން ބޮޑު ހަމަލާއާއިއެކު ގޭސް އުފެއްދުމުގެ ގާބިލުކަން %17 ދަށަށް، މަރާމާތަށް 3-5 އަހަރު ނަގާނެ - ގަތަރު

ގޭސް ޕްލާންޓަށް ހަމަލާދިނުމުން އިރާނުގެ އިންޒާރު: " ދުޝްމަނުންނާއި ދުޝްމަނުންގެ އެކިވެރިންގެ ހަކަތައިގެ ފްލާންޓުތައް އަންދާ އަޅިއަށް ހަދާލާނަން"

އީރާނުގެ އިންޓެލިޖެންސް މިނިސްޓަރު އަވަހާރަކޮށްލަން ހަމަލާއެއްދީފިން، ހަމަލާ ކާމިޔާބުވިކަމެއް ކަށަވަރެއް ނޫން - އިޒްރޭލު

.gif&w=3840&q=75)



