logoEN
PNC TOP 3
ގޭސް ޕްލާންޓަށް ހަމަލާދިނުމުން އިރާނުގެ އިންޒާރު: " ދުޝްމަނުންނާއި ދުޝްމަނުންގެ އެކިވެރިންގެ ހަކަތައިގެ ފްލާންޓުތައް އަންދާ އަޅިއަށް ހަދާލާނަން"

ގޭސް ޕްލާންޓަށް ހަމަލާދިނުމުން އިރާނުގެ އިންޒާރު: " ދުޝްމަނުންނާއި ދުޝްމަނުންގެ އެކިވެރިންގެ ހަކަތައިގެ ފްލާންޓުތައް އަންދާ އަޅިއަށް ހަދާލާނަން"

އަހުމަދު ޝުރާއު

logo

3/18/2026, 4:21:00 PM

# އިރާން

އިރާނުގެ ގޭސް ޕްލާންޓަކަށް ޔަހޫދީން ހަމަލާދިނުމުން މަޝްރަހު އިތުރަށް ހޫނުވެ މެދުއިރުމަތީގެ ތެޔޮ އަދި ގޭސް ފްލާންޓުތަކަށް ހަމަލާދޭން އައިއާރްޖީސީން ތައްޔާރުވެއްޖެ އެވެ.

PNC MID 2

އީރާނުގެ ހަކަތައާއި ތެލުގެ ވަސީލަތްތަކަށް ހަމަލާދިން މީހުންގެ "ތެލާއި ހަކަތަ އަދި ގޭހުގެ އިންފްރާސްޓްރަކްޗާ" "އެންމެ އަވަސް ފުރުސަތެއްގައި އަޅިއަށް ބަދަލުކުރާނެ" ކަމަށް އައިއާރުޖީސީގެ ޚަތަމް އަލް އަންބިޔާ މައި މަރުކަޒުން ވަނީ ވައުދުވެފައި އެވެ.

"މިއީ އީރާނުގެ ދެކުނުގައި ހުންނަ އީރާނުގެ ތެލާއި ހަކަތައާ ބެހޭ އިންފްރާސްޓްރަކްޗާތަކުގެ ބަޔަކަށް ހަމަލާދިން ކުށްވެރިންނަށް ލިބުނު ވަރުގަދަ އަދި ސާފު އިންޒާރެއް،" އީރާނުގެ ނޫސް އެޖެންސީ މެހްރު އިން ނެރުނު ބަޔާނުގައިވެ އެވެ.

އައިއާރްޖީސީގެ މި އިންޒާރާއިއެކު މަޝްރަހު އިތުރަށް ހޫނުވެފައިވާއިރު މެދުއިރުމަތީގެ ގައުމުތަކުންވެސް އަންނަނީ އައިސްފާނެ ހަމަލާއަކަށް ތައްޔާރުވާން މިހާރު ފަށާފައި އެވެ.

މިގޮތުން ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން ވަނީ އީރާނުގެ ސައުތު ޕާސް ގޭސްފީލްޑަށް އިސްރާއީލުން ދިން ހަމަލާ ކުށްވެރިކޮށްފަ އެވެ. އެ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ހަކަތަ އުފައްދާ ވަސީލަތްތަކަށް އަމާޒުކޮށްގެން ހަމަލާދިނުމަކީ ދުނިޔޭގެ ހަކަތައިގެ ރައްކާތެރިކަމަށް އޮތް ސީދާ ނުރައްކަލެއްގެ އިތުރުން ސަރަހައްދާއި ރައްޔިތުންގެ ސަލާމަތާއި ހަމަޖެހުމަށް ވެސް ކުރިމަތިވި ނުރައްކަލެއް ކަމަށެވެ.

އިރާނުގެ ދެކުނުގައި އޮންނަ ޕާސް ގޭސްފީލްޑަށް ހަމަލާދިނީ އިޒްރޭލުންކަން މިހާރު ވަނީ ރަސްމީކޮށް އިއުލާނުކޮށްފައެވެ. އެމެރިކާގެ ބައެއް އޮފިޝަލުން ދަނީ މި ހަމަލާގައި އެމެރިކާގެ ބައިވެރިވުމެއް ނެތް ކަމަށް ބުނަމުންނެވެ.

PNC COMMENT
ކޮމެންޓް
PNC COMMENT
ފަހުގެ
HDC