logoEN
PNC TOP 3
މިއަހަރުވެސް ގިނަ ސްޓޯލްތަކާއިއެކު ޢީދު ހަވީރު މާލެ ސަރަހައްދުގައި އޮންނާނެ!

މިއަހަރުވެސް ގިނަ ސްޓޯލްތަކާއިއެކު ޢީދު ހަވީރު މާލެ ސަރަހައްދުގައި އޮންނާނެ!

އަހުމަދު ޝުރާއު

logo

3/19/2026, 2:36:18 PM

# އީދު ހަވީރު

-

މިދިޔަ އަހަރެކޭ އެއްގޮތަށް މިއަހަރުވެސް ފިތުރު އީދު ފާހަގަކުރުމަށް މާލޭގައި ”އީދު ހަވީރު“ ބޭއްވުމަށް ތައްޔާރުވެއްޖެ އެވެ.

PNC MID 2

އެމްއެންޑީއެފުން އިސްނަގައިގެން ސަރުކާރުގެ އެކި މުއައްސަސާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތައް ގުޅިގެން ކުރިއަށްގެންދާ މި ހަރަކާތް ބާއްވަން ނިންމާފައިވަނީ މާލެ އާއި ހުޅުމާލޭގެ އިތުރުން ވިލިމާލޭގައި އެވެ.

އެގޮތުން ތިން ދުވަހުގެ މުއްދަތަކަށް ކުރިޔަށް ގެންދާ މި ހަރަކާތްތަކުގައި ކުޑަކުދިންނަށް ޚާއްސަ ވަރަށް ގިނަ ސްޓޯލްތަކެއް ހުންނާނެ ކަމަށް އެމްއެންޑީއެފުން ބުނެއެވެ. މާލޭގައި މި ހަވީރު ކުރިޔަށް ގެންދަން ނިންމާފައިވަނީ ޖުމްހޫރީ މައިދާން ސަރަހައްދުގައި އެވެ. އަދި ހުޅުމާލެ ފޭސް 1 ގެ ސެންޓްރަލް ޕާކާއި ފޭސް 2 ގެ ހިޔާ ޕާކުގެ އިތުރުން ވިލިމާލެ ބޯޅަ ދަނޑުގައި މި ހަވީރުގެ ހަރަކާތްތައް ކުރިޔަށްދާނެ އެވެ.

ކުޑަކުދިންގެ ހަވީރުގެ ތެރެއިން އެމްއެންޑީއެފްގެ ހަތިޔާރުތައް ދައްކާލައި ފުލުހުންގެ ވެހިކަލްތައް ދައްކާލައި އެ ތަކެއްޗާ އެކު ފޮޓޯ ނެގުމުގެ ފުރުސަތު ވެސް ލިބިގެންދާނެ އެވެ.

އެމްއެންޑީއެފުން ބުނީ މި ހަވީރު ކުރިޔަށްދާނީ ކޮންމެ ދުވަހެއްގެ 16:00 އިން 18:00 އަށް ކަމަށެވެ.

PNC COMMENT
ކޮމެންޓް
PNC COMMENT
ފަހުގެ
HDC