logoEN
PNC TOP 3
"ސުވާލު އޮތީ ރަނގަޅަށް، މަގުސަދު ސާފު!" - ރައްޔިތުންގެ ހިޔާލު ހޯދުމަށް ހުށަހަޅާ ސުވާލާމެދު މިނިސްޓަރު ހައިޝަމް ދެއްވި ތަފްސީލީ ބަޔާން!

"ސުވާލު އޮތީ ރަނގަޅަށް، މަގުސަދު ސާފު!" - ރައްޔިތުންގެ ހިޔާލު ހޯދުމަށް ހުށަހަޅާ ސުވާލާމެދު މިނިސްޓަރު ހައިޝަމް ދެއްވި ތަފްސީލީ ބަޔާން!

އަހުމަދު ޝުރާއު

logo

3/17/2026, 8:33:43 PM

# ރައީސް އޮފީސް

-

ރައީސުލްޖުމްހޫރިއްޔާ އިންތިހާބުކުރުމުގެ ވޯޓާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އިންތިހާބުކުރުމުގެ ވޯޓު އެއް ދުވަހެއްގައި ބޭއްވުމަށް ގާނޫނުއަސާސީއަށް އިސްލާހުކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި "ގާނޫނުއަސާސީއަށް އަށްވަނަ އިސްލާހު ގެނައުމުގެ ބިލު" ތަސްދީގުކުރުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓުގައި ހުށަހަޅާ ސުވާލާމެދު ބައެއް ފަރާތްތަކުން އުފައްދާ ޝައްކުތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުއިއްޒު އިބްރާހީމްގެ އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު އަހްމަދު ހައިޝަމް ވަޖީހު ވަރަށް ތަފުސީލީ އިލްމީ ރައްދެއް ދެއްވައިފިއެވެ.

PNC MID 2

މީސްމީޑިޔާގައި ހައިޝަމް ވަހީދު ހިއްސާކުރެއްވި ބަޔާނެއްގައި ވިދާޅުވީ، ގާނޫނުއަސާސީގެ 262 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާ މާއްދާތަކުގެ ތެރެއިން މާއްދާއަކަށް އެއްވެސް އިސްލާހެއް ގެންނަ ނަމަ، އެ އިސްލާހު ތަސްދީގުކުރުމުގެ ކުރިން ރައްޔިތުން އެކަމަށް ރުހޭތޯ ބެލުމަށް ރައްޔިތުންގެ މެދުގައި ފެންނަ ނުފެންނަ ވޯޓެއް ނަގަންޖެހޭނެ ކަމަށް ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ކަމަށެވެ. ނަމަވެސް، އެފަދަ ވޯޓެއް ނަގާއިރު ހުށަހަޅަންޖެހޭ ސުވާލުގެ ވަކި އިބާރާތެއް ގާނޫނުއަސާސީގައި ކަނޑައަޅާފައި ނެތްކަން އޭނާ ފާހަގަކުރެއްވިއެވެ.

ހައިޝަމް ވިދާޅުވި ގޮތުގައި، ރައްޔިތުންނަށް ހުށަހަޅާ ސުވާލު ވާންޖެހޭނީ ގެނެވުނު އިސްލާހުގެ މައުޟޫއު ސާފުވާ ގޮތަށް އަދި ޖަވާބުގައި "އާނއެކޭ" ނުވަތަ "ނޫނެކޭ" ބުނެވޭނެ ގޮތަށް ބައްޓަންކޮށްފައިވާ ސުވާލަކަށެވެ. ރައްޔިތުންގެ މަޖިލީހުގެ އުމުރު ފަސް އަހަރަށްވުރެ ކުރުކުރުމަށް ބިލުގައި ހިމަނާފައިވާތީ، ހަމައެކަނި މަޖިލީހުގެ އުމުރު ކުރުކުރަން ފެނޭތޯ ސުވާލުކޮށްފިނަމަ މުހިންމު މައުލޫމާތުތަކެއް އުނިވެ، އިސްލާހުގެ މަގުސަދާއި ނަތީޖާ އޮޅިދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"މި އިސްލާހުގެ މައިގަނޑު ބޭނުމަކީ ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުން ކަމަށްވާއިރު، ސުވާލުން އެކަން ސާފުވުމަކީ މުހިންމު ކަމެއް. މިހާރު ސުވާލު އޮތް ގޮތުން އެކަން ސާފުވޭ،" މިނިސްޓަރު ވިދާޅުވިއެވެ. އޭނާ އިތުރަށް ބަޔާންކުރެއްވި ގޮތުގައި މިހާރު ސުވާލު އޮތް އިބާރާތުން މަޖިލީހުގެ އުމުރަށް ގެންނަ ބަދަލާމެދު ރައްޔިތުން ރުހޭތޯ ސުވާލުކުރެވޭ ކަމަށާއި، މިހާތަނަށް މަސައްކަތް ކުރިއަށްގޮސްފައިވާ މިންވަރާއި ވޯޓުން ނިކުންނާނެ ނަތީޖާވެސް ސާފުކޮށް އެނގެން އޮންނާނެއެވެ.

މި އިސްލާހަކީ ރާއްޖޭގެ އިންތިހާބީ ނިޒާމަށް ގެނެވޭ މުހިންމު ބަދަލަކަށްވާއިރު، ސަރުކާރުގެ އަމާޒަކީ ދުސްތޫރީ ހަމަތަކުގެ މަތިން ރައްޔިތުންގެ ސީދާ ބަސް މިކަމުގައި ހޯދުންކަމަށް މިނިސްޓަރު ހައިޝަމްގެ ބަޔާނުގައި ބާރުއަޅުއްވާފައިވެއެވެ.

PNC COMMENT
ކޮމެންޓް
PNC COMMENT
ފަހުގެ
HDC