logoEN
PNC TOP 3
ރާއްޖެއަށް އަންނަ ޕްރައިވެޓް ޖެޓްގެ އަދަދު 2 ހަފްތާ ތެރޭގައި ދެގުނަ!

ރާއްޖެއަށް އަންނަ ޕްރައިވެޓް ޖެޓްގެ އަދަދު 2 ހަފްތާ ތެރޭގައި ދެގުނަ!

ޖަޒްލާ މުހައްމަދު

logo

3/16/2026, 11:18:51 AM

# އެމްއޭސީއެލް

-

ރާއްޖެއަށް އަންނަ ޕްރައިވެޓް ޖެޓްތަކުގެ އަދަދު 2 ހަފްތާ ތެރޭގައި ދެ ގުނައަށްވުރެ ގިނަވެއްޖެ އެވެ.

PNC MID 2

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ހިއްސާކޮށްފައިވާ ރިޕޯޓްތަކުން ދައްކާގޮތުގައި މިދިޔަ މަހުގެ 28 ވަނަ ދުވަހުން ފެށިގެން މި މަހުގެ 14 ވަނަ ދުވަހާ ހަމައަށް ރާއްޖެއަށް 128 ޕްރައިވެޓް ޖެޓު ދަތުރުކޮށްފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 166% ގެ ކުރިއެރުމެކެވެ. އަދި މި މުއްދަތުގެ ތެރޭގައި ރާއްޖެ އައީ އެންމެ 70 ޕްރައިވެޓް ޖެޓެވެ.

މިދިޔަ އަހަރުގެ މާޗް މަހުގެ ފުރަތަމަ 2 ހަފުތާ ތެރޭގައި އެވްރެޖްކޮށް ރާއްޖެއަށް ދުވާލަކަު 5 ޖެޓު އައިސްފައިވާއިރު، އެއް ދުވަސް ތެރޭގައި އައިސްފައިވަނީ 9 ޖެޓެވެ.

އެމްއޭސީއެލްގެ ރިޕޯޓްއިން ދައްކާގޮތުގައި އެވްރެޖްކޮށް މި ފާއިތުވި ދެ ހަފްތާގެ ތެރޭގައި ރާއްޖެއަށް ދުވާލަކު 12 އަށްވުރެ ގިނަ ޖެޓު އައިސްފައިވެ އެވެ. އެގޮތުން މި މަހުގެ 3 ވަނަ ދުވަހު އެކަނިވެސް ރާއްޖެއަށް 18 ޖެޓު އައިސްފައިވެ އެވެ.

ރާއްޖެއަށް އަންނަ ޕްރައިވެޓް ޖެޓުތަކުގެ އަދަދު ބޮޑުތަނުން އިތުރުވެފައިވަނީ މެދުއިރުމަތީގެ ހަމަނުޖެހުންތަކުގެ ސަބަބުން ކަމަށް މޯލްޑިވްސް އެސޯސިއޭޝަން ފޯ ޓްރެވަލް އެޖެންޓްސް އެންޑް ޓުއަރ އޮޕަރޭޓަރސް، މަޓާޓޯއިން ފާހަގަކުރެ އެވެ. މިއީ އެ ސަރަހައްދުގެ ގިނަ ފްލައިޓުތަކެއް ކެންސަލް ކުރަންޖެހުމުން ދިމާވި ކަމެއްކަމަށް މަޓާޓޯއިން ފާހަގަކުރެ އެވެ.

PNC COMMENT
ކޮމެންޓް
PNC COMMENT
ފަހުގެ
HDC