
ޒަކާތް ދެއްކުން
ގޮވާމުން ފިތުރު ޒަކާތް ބަލައިގަންނަން ފަށައިފި އެވެ.

މޯލްޑިވްސް ޒަކާތު ހައުސްއިން ބުނީ އެހެން އަހަރުތަކަކެކޭ އެއްގޮތައް މި އަހަރުވެސް ބާވަތްތަކުން ފިތުރު ޒަކާތް ދެއްކުމަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު މިއަދުން ފެށިގެން، މާލޭގައި ހުންނަ ސެންޓާ ފޯ ސެކަންޑަރީ އެޑިޔުކޭޝަންއިން ދެއްކުމުގެ އިންތިޒާމް ހަމަޖައްސާފައިވާ ކަމަށެވެ.
އެގޮތުން މި މަހުގެ 14، 15، 16 އަދި 18 ވަނަ ދުވަހު ހެނދުނު 10:00 އިން 12:00 އަށް ޒަކާތް ދެއްކޭއިރު، 16 ވަނަ ދުވަހާއި 18 ވަނަ ދުވަހު 13:00 އިން 15:00 އަށްވެސް ޒަކާތް ދެއްކޭނެ އެވެ.
ފިތުރު ޒަކާތުގެ ގޮތުގައި ބަލައިގަންނަނީ
- އާދައިގެ ހަނޑޫ
- ތައިލެންޑް ހަނޑޫ
- ބާސްމަތީ ހަނޑޫ
- ރަތް ހަނޑޫ
- ގޮދަން ފުށް
- އާޓާ ފުށް
ފިތުރު ޒަކާތުގެ ގޮތުގައި ދައްކާނީ އާންމުގޮތެއްގައި ކެއުމަށް ބޭނުންކުރާ ގޮވާމުގެ ބާވަތްތަކުން ބޮލަކަށް 2.4 ކިލޯގެ މިންވަރެވެ.
އެހެން އަހަރުތަކަކެކޭ އެއްގޮތައް މި އަހަރުވެސް ފިތުރު ޒަކާތް ދެއްކުމުގެ އިންތިޒާމް ރޯދަމަހުގެ ފުރަތަމަ ދުވަހުން ފެށިގެން އޮންލައިންކޮށް ހަމަޖައްސާފައިވެ އެވެ. އެއަށްފަހު އޮންލައިންކޮށް ޒަކާތް ދެއްކުމަށް އުނދަގޫވާ ފާރާތްތަކަށް އެ އިންތިޒާމް ޒަކާތު ހައުސްއިން ވަނީ ހަމަޖައްސާފަ އެވެ.
ޒަކާތު ހައުސްއިން އާންމުކޮށްފައިވާ ގޮތުގައި ރޯދަ މަހުގެ ފުރަތަމަ 15 ދުވަހު ޒަކާތުގެ ގޮތުގައި 5.4 މިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ 3 އަަހަރާ އަޅާބަލާއިރު، އެންމެ ގިނަ އަދަދަކަށް ފުރަތަމަ 15 ގައި ޒަކާތް ލިބުނު އަހަރެވެ.
.gif&w=3840&q=75)






