logoEN
PNC TOP 3
ގާފު ރެސިޕީ: ރެޑް ވެލްވެޓް މިލްކްޝޭކް

ގާފު ރެސިޕީ: ރެޑް ވެލްވެޓް މިލްކްޝޭކް

ސާރާ އަހުމަދު

logo

3/12/2026, 6:02:53 PM

# ގާފު ރެސިޕީ

-

ގާފު ރެސިޕީ އަކީ ކޮންމެ އަހަރެއްގެ ރަމަޟާން މަހާއި ދިމާކޮށް ގާފު ނޫހުގެ ކިޔުންތެރިންނާއި ހަމައަށް މި ނޫހުގެ ފަރާތުން ގެނެސްދޭ ރެސިޕީއަށް ޚާއްސަ ސެގްމެންޓެކެވެ.

PNC MID 2

އެގޮތުން މި ސެގްމެންޓު 2023 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ ރަމަޟާން މަހުވެސް ގާފު ނޫހުން ގެނެސްދެއެވެ.

1447 ވަނަ އަހަރުގެ ރަމަޟާން މަހުގެ ކޮންމެ ދުވަހެއްގައިވެސް ތަފާތު ރެސިޕީތަކެއް ކިޔުންތެރިންނާއި ހަމައަށް ގެނެސްދެވޭނެ އެވެ. އެގޮތުން މިއަހަރުގެ ރަމަޟާން މަހުގެ ތޭރަވަނަ ރެސިޕީއެއްގެ ގޮތުގައި މިގެނެސްމިދެނީ ރެޑް ވެލްވެޓް ޗީޒްކޭކް މިލްކްޝޭކް އެވެ.

ބޭނުންވާ ތަކެތި:
  1. 1 ޖޯޑު ރެޑް ވެލްވެޓް ކޭކް
  2. 3 ސްކޫޕް ވެނީލާ އައިސްކްރީމް
  3. 1/2 ޖޯޑު ހޯލް މިލްކް
  4. 2 މޭޒުމަތީ ސަމުސާ ކްރީމް ޗީޒް
  5. ވިޕްޑް ކްރީމް
ތައްޔާރުކުރާނެ ގޮތް:

އެންމެ ފުރަތަމަ ބްލެންޑަރެއްގައި އައިސްކްރީމް، ރެޑް ވެލްވެޓް ކޭކް، ކިރު އަދި ކްރީމް ޗީޒް އެއްކޮށްލާށެވެ. އެއަށްފަހު މިލްކްޝޭކް ބިއްލޫރި ތައްޓަކަށް އަޅާފައި އޭގެ މައްޗަށް ވިޕްޑް ކްރީމް އަދި ރެޑް ވެލްވެޓް ކޭކްގެ ކްރަމްބަސް އަޅާލާށެވެ.

މިހާރު މިހިރީ ރެޑް ވެލްވެޓް ޗީޒްކޭކް މިލްކްޝޭކް ތައްޔާރުކޮށް ނިމިފައިއެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC