logoEN
PNC TOP 3
އައްޑޫގެ ގާތްގަނޑަކަށް ހުރިހާ ވިޔަފާރިއަކުން މިހާރު ސްވައިޕް ބަލައިގަންނާނެ!

އައްޑޫގެ ގާތްގަނޑަކަށް ހުރިހާ ވިޔަފާރިއަކުން މިހާރު ސްވައިޕް ބަލައިގަންނާނެ!

އަހުމަދު ޝުރާއު

logo

3/12/2026, 9:54:59 AM

# ބީއެމްއެލް

-

ރާއްޖޭގެ ގައުމީ ބޭންކު ބީއެމްއެލުން ތައާރަފްކުރި ސްވައިޕް ޑިޖިޓަލް ވޮލެޓުގެ ހިދުމަތް ރަސްމީކޮށް އައްޑޫ ސިޓީގައި އިފްތިތާހުކޮށްފި އެވެ.

PNC MID 2

މި ޑިޖިޓަލް ވޮލެޓުގެ ހިދުމަތް އައްޑޫގައި އިފްތިތާހްކުރުމަށް ރޭ ޚާއްސަ ހަފްލާއެއް ވަނީ ބާއްވާފައި އެވެ. އެހަފްލާފައި ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން އާއި ބީއެމްއެލްގެ އިސްވެރިން އަދި އައްޑޫ ސިޓީއަށް ނިސްބަތްވާ ސަރުކާރުގެ އިސްވެރިންނާއި މަޖިލީސް މެމްބަރުން ބައިވެރިވެވަޑައިގެންނެވި އެވެ.

މި ޚިދުމަތް އައްޑޫސިޓީގައި ތަޢާރަފްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަމުން ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ، ޑިޖިޓަލް އައު ޒަމާނަކަށް ދިވެހިރާއްޖެ ވާސިލްކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ އިސްނެންގެވުމުގެ މަތިން، ދައުލަތުގެ މުއައްސަސާތައް ގުޅިގެން ޒަމާނީ ޑިޖިޓަލް ޚިދުމަތްތައް ފޯރުކޮށްދެވޭނެ އެކި ޕްރޮގްރާމްތަކުގެ މަސައްކަތް ކުރައްވަމުންދާ ކަމަށެވެ. އަދި ބަވަނަވަމުން މިދާ ދުނިޔޭގައި، ޑިޖިޓަލް އިޤްތިސާދެއް ޤާއިމް ކުރުމަށް އޮތް އެންމެ މުހިންމު އެއްކަމަކީ ހަރުދަނާ އޮންލައިން ޕޭމަންޓް ނިޒާމެއް ޤާއިމްކުރުން ކަމަށް ޝަރީފް ވިދާޅުވިއެވެ.

ބީއެމްއެލުން ވަނީ މި ހިދުމަތް އައްޑޫއަށް ތައާރަފްކުރެވި މިހާރު މި ހިދުމަތް އައްޑޫގެ ގާތްގަނޑަކަށް ހުރިހާ ވިޔަފާރިއަކުން މިހާރު ބަލައިގަންނާނެ ކަން ހާމަކޮށްފައެވެ. ފަރުދުންނަށް އެއްވެސް ފީއަކާ ނުލައި ކޮންމެ ގައުމަކުންވެސް ފައިސާ ގެނެވޭނެ މި ޚިދުމަތަށް ވިޔަފާރިތަކުން ނަގާނީ އެއް ޕަސެންޓް ފީއެކެވެ. ވިޔަފާރިތަކުން ވަގުތުން އެކައުންޓަށް ފައިސާ ޖަމާވާނެ އެވެ.

ސްވައިޕް އަކީ ދިވެހީން އުފައްދައި ތަރައްގީކޮށްފައިވާ %100 ދިވެހި އުފެއްދުމެކެވެ. މި ޑިޖިޓަލް ވޮލެޓް ފަރުމާކޮށްފައިވަނީ ރާއްޖޭގެ އިތުރުން ފައިސާގެ މުއާމާލާތް ހިންގުމުގައި ކަނޑައަޅާފައިވާ ބައިނަލްއަގުވާމީ ޝަރުތުތަކާއި މިންގަނޑުތަކަށް ފުރިހަމައަށް ފެތޭ ގޮތަށެވެ. ސްވައިޕް ވޮލެޓް މެދުވެރިކޮށް ރާއްޖެއާއި ރާއްޖެއިން ބޭރުގެ މުއާމަލާތްތައް ކުރެވޭނެއެވެ. އަދި ބީއެމްއެލް އެކައުންޓްތަކުގެ އިތުރުން ކޮންމެ ކްރެޑިޓް، ޑެބިޓް އަދި ޕްރިޕެއިޑް ކާޑަކުންވެސް ސްވައިޕް ވޮލެޓަށް ފައިސާ ޖަމާކުރެވޭނެއެވެ.

ނިމިދިޔަ ޖަނަވަރީ މަހު ލިމިޓެޑް ރިލީޒަށް ހުޅުވާލުމަށް ފަހު މިހާރު ސްވައިޕު ވަނީ އެއްކޮށް ރޯލްއައުޓް ކޮށްފައެވެ. އެގޮތުން ސްވައިޕް މެދުވެރިކޮށް އެގޮތުން ޕަރސަން-ޓުޕަރސަން ޓްރާންސްފަރތަކާއި ކިއުއާރް ޕޭމަންޓް އަދި އެކައުންޓުން ކުރާ ޚަރަދުތަކުގެ ތަފާސް ހިސާބުތައް އަމިއްލައަށް ބަލާލެވޭނެ ގޮތާއި، ޕޭމަންޓް ލިންކް ޝެއާކޮށް، ފަސޭހައިން ޓޮޕް އަޕްކޮށް ފައިސާ ނެގުން ފަދަ ޚިދުމަތްތައް ބޭނުން ކުރުމުގެ ފުރުސަތުވަނީ ކަސްޓަމަރުންނަށް ހުޅުވައިލާފައެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC