
ބޭސްފަރުވާއަށް ބޭނުންވާ ޑޮލަރަށް އެދި ހުށަހެޅުމަށް ބީއެމްއެލުން ފަސޭހަ އިންތިޒާމެއް ހަމަޖައްސައިފި
# ބީއެމްއެލް-
ބޭސްފަރުވާއަށް ރާއްޖޭން ބޭރަށް ދަތުރުކުރާ ފަރާތްތަކަށް ބޭންކް އޮފް މޯލްޑިވްސްގެ އެޕް މެދުވެރިކޮށް ޑޮލަރަށް އެދި ހުށަހެޅޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.

ބީއެމްއެލުން މިއަދު ބުނީ މި ޚިދުމަތަށް މިހާރުން ފެށިގެން ބީއެމްއެލް މޮބައިލް އެޕް މެދުވެރިކޮށް ފަސޭހަމަކާއެކު ހުށަހެޅޭނެ ކަމަށާއި އަދި ޑޮލަރު ގަތުމަށް އެދިހުށަހަޅާއިރު ބޭނުންވާނެ ލިޔެކިޔުންތަކާއި މައުލޫމާތު އެޕް މެދުވެރިކޮށް ހުށަހަޅައި، އެޕްލިކޭޝަންގެ ސްޓޭޓަސްވެސް އެޕްއިން ބަލައިލެވޭނެ ކަމަށެވެ.
އާސަންދަ އަދި އެންސްޕާ މެދުވެރިކޮށް ދަތުރުކުރާ ފަރާތްތަކަށް 2،000 ޑޮލަރާ ހަމައަށް ބޭންކުން ޑޮލަރު ވިއްކައެވެ. އަދި އަމިއްލަ ގޮތުން ބޭސްފަރުވާއަށް ދަތުރުކުރާ ފަރާތްތަކަށް 1،000 ޑޮލަރާ ހަމައަށް ޑޮލަރު ވިއްކާނެއެވެ.
ސިއްހީ ފަރުވާއަށް ރާއްޖޭން ބޭރަށްދާ ފަރާތްތަކަށް ޑޮލަރު ޖަމާކޮށްދޭނީ ހުށަހަޅާ ފަރާތުގެ ބީއެމްއެލް އެކައުންޓަށެވެ. ފަސޭހަކަމާއެކު އެޕް މެދުވެރިކޮށް އެކައުންޓް ހުޅުވައިލެވޭނެއެވެ.
ގުޅުންހުރި

ބީއެމްއެލުން ހޯމް ކޮންސްޓްރަކްޝަން ފައިނޭންސިންގއަށް އަމިއްލައަށް ކުރަންޖެހޭ ޚަރަދު %5އަށް ކުޑަކޮށްފި

ބީއެމްއެލްގެ އެހީގައި އަމީނިއްޔާ ސްކޫލުގައި ސެންސަރީ ކްލާހެއް ގާއިމުކޮށްފި

ބީއެމްއެލް އެފޯޑަބަލް ހައުސިންގ މަޝްރޫއުގެ ދަށުން ފޭސް 1 ގައި ތަރައްގީކުރާ 364 ހައުސިން ޔުނިޓުގެ އަމަލީ މަސައްކަތް ފަށައިފި




