
ދުޝްމަނުންނާއި ދުޝްމަނުންގެ ވާގިވެރިންނަށް މެދުއިރުމަތީން އެންމެ ލީޓަރެއްގެ ތެޔޮވެސް އެކްސްޕޯޓުވިޔަ ނުދޭނަން - އިރާނު
# އިރާންއިރާނުގެ ދުޝްމަނުންނަށް މެދުއިރުމަތީގެ ގައުމުތަކުން އެންމެ ލީޓަރެއްގެ ތެޔޮވެސް އެކްސްޕޯޓު ވުމުގެ ފުރުސަތު ނުދޭނެ ކަމުގެ އިންޒާރު އިރާނުގެ ރެވޮލިއުޝަނަރީ ގާޑްސްއިން ދީފި އެވެ.

އައިއާރްޖީސީގެ ތަރުޖަމާނު މިރޭ ދެއްވި ޚާއްސަ ބަސްދީގަތުމެއްގައި ވިދާޅުވީ އިރާނުގެ ދުޝްމަނުންނާއި ދުޝްމަނުންގެ ވާގިވެރިންނަށް މެދުއިރުމަތިން ތެޔޮ އެކްސްޕޯޓު ކުރަން ހުރި ހުރިހާ ދޮރުތަކެއް ބަންދުކުރަމުންދާ ކަމަށާއި އެފުރުސަތު ދޭން އިރާނުން ދެކޮޅު ހަދާކަމަށެވެ.
އަދި ހޯމުޒް ކަނޑުއޮޅި މިހާރު ހުޅުވިފައިވާ ކަމަށް ބުނެ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ހަދަމުންދަނީ ދޮގު ކަމަށާއި މިހާރުވެސް އެ ކަނޑުއޮޅީގެ ފުރިހަމަ ކޮންޓްރޯލް އޮތީ އައިއާރްޖީސީގެ ބެލުމުގެ ދަށުގައި ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި ހޯމުޒް ކަނޑުއޮޅި ބަންދުކޮށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ އިތުރަށް ގަލްފުގެ އެހެން ކަނޑުއޮޅިތަކުން ދަތުރުކުރާ ދުޝްމަނުންގެ ބޯޓުތަކަށްވެސް އިތުރު ފިޔަވަޅުތަކެއް އެޅުމާއި މެދު މަޝްވަރާތަކެއް ކުރިޔަށްދާކަންވެސް ތަރުޖަމާނު ފާހަގަކުރެއްވި އެވެ.
މިރޭގެ ބަސްދީގަތުމުގައި ތަރުޖަމާނު ވަނީ މިހާރު މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމަ ހުއްޓާލުމުގެ ފުރިހަމަ ކޮންޓްރޯލް އޮތީ އިރާނުގައިކަންވެސް ފާހަގަކުރައްވާފައި އެވެ.
އެމެރިކާ އިސްވެ އޮވެ އިޒްރޭލުގެ ބައިވެރިވުމާއިއެކު އިރާނަށް ހަމަލާ ދޭން ފެށީ މިދިޔަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހުއެވެ. މިއާއިއެކު އިރާނުންވެސް ވަރުގަދަ ރައްދު ހަމަލާތަކެއް ދޭން ފަށާފައިވާއިރު މެދުއިރުމަތީގެ ހާލަތު އޮތީ ވަރަށް ގޯސްކޮށެވެ. ވަކީން ޚާއްސަކޮށް އިރާނުން މެދުއިރުމަތީގެ ގިނަ ގައުމުތަކަށް ހަމަލާތައް ދެމުންދާތީ ތެލުގެ ވިޔަފާރިއަށް ބޮޑެތި ބުރޫތަކެއް އަރައި ތެލުގެ އަގު ދަނީ ވަރަށް ބޮޑަށް މަތިވަމުންނެވެ.
ގުޅުންހުރި

ދުޝްމަނުންނާއި ދުޝްމަނުންގެ ވާގިވެރިންނަށް މެދުއިރުމަތީން އެންމެ ލީޓަރެއްގެ ތެޔޮވެސް އެކްސްޕޯޓުވިޔަ ނުދޭނަން - އިރާނު

އިރާނުން ބަހްރައިނަށް ދިން ހަމަލާއެއްގައި މީހަކު މަރުވެއްޖެ: އިރާނުން ބުނަނީ ހަމަލާ އަމާޒުކުރި އެމެރިކާ ސިފައިން ތިބި ހޮޓަލަކަށް ކަމަށް!

ޓްރަމްޕަށް ގޮތް ހުސްވެއްޖެ: ތެލުގެ އަގު ތިރިކުރަން ރަޝިޔާއާއި ދެކޮޅަށް އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ބައެއް ފިޔަވަޅުތައް އުވާލަން ނިންމައިފި

.gif&w=3840&q=75)



