
އިރާނުން ބަހްރައިނަށް ދިން ހަމަލާއެއްގައި މީހަކު މަރުވެއްޖެ: އިރާނުން ބުނަނީ ހަމަލާ އަމާޒުކުރި އެމެރިކާ ސިފައިން ތިބި ހޮޓަލަކަށް ކަމަށް!
# އިރާންއިރާނުން ބަހްރައިނަށް ދިން ހަމަލާއެއްގައި މީހަކު މަރުވެއްޖެއެވެ.

ބަހްރެއިންގެ ދާޚިލީ މިނިސްޓްރީން ބުނާ ގޮތުގައި އެގައުމުގެ ވެރިރަށް މަނަމާގެ މީހުން ދިރިއުޅޭ އިމާރާތަކަށް އީރާނުން ދިން ފާޅުކަން ބޮޑު އަނިޔާވެރި ހަމަލާގައި އުމުރުން 29 އަހަރުގެ އަންހެނަކު މަރުވެ އިތުރު އަށް މީހަކު ވަނީ ޒަހަމްވެފައި އެވެ.
އެގޮތުން މި ހަމަލާދީފައިވަނީ މިރޭ ދަންވަރުގެ ވަގުތެއްގައި އެވެ.
މި ހަމަލާއާއި ގުޅިގެން އިރާނުގެ ރެވިލިއުޝަނަރީ ގާޑްސްއިން ބުނީ ބަހްރައިންގެ މަނަމާގައި ހުރި ހޮޓަލަކަށް އަމާޒުކޮށް ޑްރޯންއަކުން ހަމަލާދީފައިވާ ކަމަށެވެ.
އެގޮތުން މި ހަމަލާއަކީ އެ ހޮޓަލުގައި ތިބި އެމެރިކާ ސިފައިންތަކަކަށް އަމާޒުކޮށް ދިން ހަމަލާއެއްކަމަށް އައިއާރްޖީސީން ބުނެއެވެ.
އެމެރިކާއާއި އިޒްރޭލުން ދޭން ފެށި ހަމަލާތަކުގެ ރައްދުގައި އިރާނުން ދަނީ މެދުއިރުމަތީގައި ހުރި އެމެރިކާގެ އެސެޓްތަކަށާއި ބޭސްތައް އަދި އެމެރިކާ ސިފައިންނަށް އަމާޒުކޮށް ހުއްޓުމެއް ނެތް ހަމަލާތަކެއް ދެމުންނެވެ. އެގޮތުން ބަހްރައިންއަކީވެސް އެމެރިކާ ސިފައިން ގާއިމުވެ ތިބޭ އަދި އެމެރިކާގެ އަސްކަރީ ބޭސްއެއް ހުރި ގައުމެއް ކަމުން އިރާނުގެ ވަރުގަދަ ހަމަލާތަކެއް ބަހްރެއިންއަށް ދަނީ އަމާޒުވަމުންނެވެ.
ގުޅުންހުރި

ހަނގުރާމަ މެދުކަނޑާލި ދުވަސްތަކުގެ ބޭނުން އަސްކަރިއްޔާއިން ވަރަށް ރަނގަޅަށް ހިފައިފި، ދެން އިރާނަށް ދޭ ހަމަލާތައް މާވަރުގަދަވާނެ - ޓްރަމްޕު

އިރާނުން މާދަމާގެ ނިޔަލަށް އެމެރިކާއާއިއެކު"ޑީލަކަށް" ނައިސްފި ނަމަ ހަމަލާތައް އަލުން ފަށާނަން - ޓްރަމްޕު

އީރާނާއިއެކު ޑީލަކަށް ނާދެވިއްޖެ ނަމަ ހަމަލާތައް އަލުން ފަށާނަން - އެމެރިކާ




