
ޓްރަމްޕަށް ގޮތް ހުސްވެއްޖެ: ތެލުގެ އަގު ތިރިކުރަން ރަޝިޔާއާއި ދެކޮޅަށް އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ބައެއް ފިޔަވަޅުތައް އުވާލަން ނިންމައިފި
# އިރާންމެދުއިރުމަތީގައި ފެށިފައިވާ ހަނގުރާމައާއިއެކު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވުމާއި ގުޅިގެން ރަޝިޔާއާއި ދެކޮޅަށް އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލަން ނިންމާފައިވާ ކަމުގެ އިޝާރާތެއް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ދެއްވައިފި އެވެ.

މިފަދަ އިޝާރާތެއް ޓްރަމްޕު ދެއްވީ މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެވެ.
ޓްރަމްޕްގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ އެމެރިކާއިން ގައުމުތަކާއި ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލަން ނިންމާފައިވާކަމަށާއި މިއީ ދުނިޔޭގެ ބާޒާރުގައި ތެލަށް އަންނަމުންދާ ބަދަލުތަކާއި ގުޅިގެން ނިންމެވި ނިންމުމެއް ކަމަށެވެ.
ޓްރަމްޕް އުވާލާނީ ކޮން ދަތިކުރުމުގެ ފިޔަވަޅުތަކެއްކަން ހާމައެއް ނުކުރައްވައި ހަމައެކަނި ވިދާޅުވީ، "އަޅުގަނޑުމެންގެ ބައެއް ގައުމުތަކުގެ މައްޗަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައި އެބަހުރި. ހާލަތު ހުރި ގޮތުން އެ ފިޔަވަޅުތައް އުވާލަން މިހާރު ނިންމައިފިން" ކަމަށެވެ.
އީރާނާއި ރަޝިޔާއަކީ އެމެރިކާއިން އެންމެ ބޮޑަށް ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ ދެ ގައުމެވެ. އެހެން ކަމުން ޓްރަމްޕު އިޝާރާތްކުރެއްވީ ރަޝިޔާއާއިއެކު އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމަށް ކަމަށް ރިޕޯޓުތައް ބުނެއެވެ.
ރަޝިޔާއިން މިރޭ ވަނީ އެމެރިކާގެ ރައީސް ޓްރަމްޕާއި ރަޝިޔާގެ ރައީސް ޕުޓިންއާއި ދެމެދު ފޯނު ކޯލެއްގެ ޒަރިއްޔާއިން ދިގު މަޝްވަރާތަކެއް ކުރިޔަށް ގެންގޮސްފައިވާކަންވެސް ހާމަކޮށްފައެވެ. އެގޮތުން އެމަޝްވަރާތަކުގައި މެދުއިރުމަތީގެ ހަނގުރާމަ ހުއްޓުވުމަށް މަސައްކަތް ކޮށްދެއްވުމަށް ޓްރަމްޕު ޕުޓިންގެ އަރިހުން އެދިފައިވާ ކަމަށާއި ހަނގުރާމައާއި ގުޅިގެން ދުނިޔޭގެ ބާޒާރަށް އަންނަ ބަދަލުތަކާއި ގުޅޭގޮތުންވެސް ދެފަރާތުން މަޝްވަރާކުރެއްވި ކަމަށް ވަނީ ބުނެފައި އެވެ.
ގުޅުންހުރި

ހަނގުރާމަ މެދުކަނޑާލި ދުވަސްތަކުގެ ބޭނުން އަސްކަރިއްޔާއިން ވަރަށް ރަނގަޅަށް ހިފައިފި، ދެން އިރާނަށް ދޭ ހަމަލާތައް މާވަރުގަދަވާނެ - ޓްރަމްޕު

އިރާނުން މާދަމާގެ ނިޔަލަށް އެމެރިކާއާއިއެކު"ޑީލަކަށް" ނައިސްފި ނަމަ ހަމަލާތައް އަލުން ފަށާނަން - ޓްރަމްޕު

އީރާނާއިއެކު ޑީލަކަށް ނާދެވިއްޖެ ނަމަ ހަމަލާތައް އަލުން ފަށާނަން - އެމެރިކާ




