
އިރާނުގެ ހަމަލާތައް ހުއްޓުވައި ދިނުމަށް ޓްރަމްޕު އެދުމުން އިރާނާއިއެކު މަަޝްވަރާކުރަން ޗައިނާއާއި ރަޝިއާއިން މަސައްކަތް ފަށައިފި
# އިރާންއިރާނުން ދެމުންދާ ހަމަލާތައް ހުއްޓުވައި ދިނުމަށް އެމެރިކާގެ ރައީސް ޑޮނަލްޑު ޓްރަމްޕު އެދުމުން ހަނގުރާމަ ހުއްޓާލުމުގެ މަަޝްވަރާތައް ޗައިނާއާއި ރަޝިއާއިން ފަށައިފި އެވެ.

މިކަން ހާމަކުރެއްވީ އީރާނުގެ ޑެޕިއުޓީ ފޮރިން މިނިސްޓަރު ކާޒެމް ޣަރީބާބާދީ އެވެ.
އެގޮތުން އީރާނުގެ ޑެޕިއުޓީ ފޮރިން މިނިސްޓަރު ކާޒެމް ޣަރީބާބާދީ މީޑިއާތަކަށް ދެއްވީ ބަސްދީގަތުމެއްގައި ވިދާޅުވީ އެމެރިކާގެ އެދުމުގެ މަތީން މެދުއިރުމަތީގައިި މިހާރު ހިނގަމުންދާ ހަނގުރާމަ މަޝްވަރާގެ މޭޒުން ހުއްޓުވުމަށް ޗައިނާއާއި ރަޝިޔާއިން މަސައްކަތް ފަށާފައިވާ ކަމަށެވެ. އެގޮތުން އެދެގައުމުގެ އިސްވެރިން މިހާރު އިރާނާއިއެކު ވާހަކަތައް ދައްކަމުންދާ ކަން އޭނާ ހާމަކުރެއްވި އެވެ.
މިނިސްޓަރު ކާޒެމް ޣަރީބާބާދީ އިތުރަށް ވިދާޅުވީ އިރާނުން ދެމުންދާ ހަމަލާތައް ހުއްޓުވުމަށް އޮތް އެންމެ ބޮޑު ޝަރުތަކީ އެމެރިކާއާއި އިޒްރޭލުން ހަމަލާތައް ހުއްޓާލައި އަމާން ދިނުން ކަމަށާއި މި ޝަރުތަށް އެއްބަސްނުވެ އިތުރަށް ކުރާނެ މަޝްވަރާތަކެއް ނެތް ކަމަށެވެ.
މިފަދައިން އިރާނުން ހާމަކުރި އިރު މިރޭ އެމެރިކާގެ ރައީސް ޓްރަމްޕު ވަނީ ރަޝިޔާގެ ރައީސް ޕުޓިންއަށް ދިގު ފޯނު ކޯލެއް ކުރައްވާފައެވެ. ބެލެވޭ ގޮތުގައި އިރާނުގެ ހަމަލާތައް ހުއްޓުވައި ދިނުމަށް ޓްރަމްޕު ވަނީ ޕުޓިންގެ އަރިހުން އެދިފައި އެވެ.
އެމެރިކާ އިސްވެ އޮވެ އިޒްރޭލާއި ގުޅިގެން އިރާނަށް ހަމަލާތައް ދޭން ފެށީ 28 ފެބްރުއަރީގެ ހެނދުނު އެވެ. މި ހަމަލާތަކާއިއެކު އިރާނުން ވަނީ ރައްދު ހަމަލާތަކެއް ދޭން ފަށައި އެމެރިކާއާއި އިޒްރޭލު "ސިއްސުވާލާފައި" އެވެ. އަދި މި ހަމަލާތަކުން އެމެރިކާއާއި އިޒްރޭލުން ނެރެން ބޭނުންވި ނަތީޖާ ނުނެރެވި މެދުއިރުމަތީގައި ބޮޑު ހަނގުރާމައެއް ފެށިފައިވާއިރު އިރާނުން ތިބީ އަމާން ދޭކަށެއް ނޫނެވެ.
ގުޅުންހުރި

ހަނގުރާމަ މެދުކަނޑާލި ދުވަސްތަކުގެ ބޭނުން އަސްކަރިއްޔާއިން ވަރަށް ރަނގަޅަށް ހިފައިފި، ދެން އިރާނަށް ދޭ ހަމަލާތައް މާވަރުގަދަވާނެ - ޓްރަމްޕު

އިރާނުން މާދަމާގެ ނިޔަލަށް އެމެރިކާއާއިއެކު"ޑީލަކަށް" ނައިސްފި ނަމަ ހަމަލާތައް އަލުން ފަށާނަން - ޓްރަމްޕު

އީރާނާއިއެކު ޑީލަކަށް ނާދެވިއްޖެ ނަމަ ހަމަލާތައް އަލުން ފަށާނަން - އެމެރިކާ




