
އިރާނުގެ ހަމަލާއެއްގައި އެމެރިކާގެ އިތުރު ސިފައިންގެ މީހަކު މަރުވެފައިވާކަން އެމެެރިކާއިން ހާމަކޮށްފި އެވެ.

މިކަން ހާމަކުރީ އެމެރިކާ އަސްކަރިއްޔާގެ ސެންޓްރަލް ކޮމާންޑުންނެވެ.
އެގޮތުން އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ބުނީ މިމަހުގެ 1 ވަނަ ދުވަހު އިރާނުން ސައުދީގައި ހުންނަ އެމެރިކާގެ ބޭސްއަކަށް ދިން ވައިގެ ހަމަލާތަކެއްގައި ޒަހަމްކޮށްލި ސިފައިންގެ މީހަކަށް ފަރުވާ ދެމުން ދަނިކޮށް ރޭގެ ވަގުތެއްގައި މަރުވެފައިވާ ކަމަށެވެ.
މިއާއިއެކު އިރާނުގެ ހަމަލާތަކުގައި މަރުވި އެމެރިކާ ސިފައިންގެ އަދަދު މިވަނީ 7 އަށް އަރާފައެވެ.
އީރާނުން އިސްރާއީލުގެ އަމާޒުތަކުގެ އިތުރުން ގަލްފް ގައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ އެސެޓްތަކަށް ހަމަލާދޭން ފެށީ ފެބްރުއަރީ 28 ވަނަ ދުވަހު އެމެރިކާ އާއި އިސްރާއީލުން ދިން ފުރަތަމަ ހަމަލާތަކާއި ގުޅިގެން ރައްދުގައި އެވެ. ވަކީން ޚާއްސަކޮށް އީރާނުގެ ސުޕްރީމް ލީޑަރު އާޔަތުالله އަލީ ޚާމަނާއީ އަވަހާރަކޮށްލުމާއި ގުޅިގެން އިރާނުން ހަމަލާތައް ވަރުގަދަކުރިއެވެ.
ގުޅުންހުރި

ހަނގުރާމަ މެދުކަނޑާލި ދުވަސްތަކުގެ ބޭނުން އަސްކަރިއްޔާއިން ވަރަށް ރަނގަޅަށް ހިފައިފި، ދެން އިރާނަށް ދޭ ހަމަލާތައް މާވަރުގަދަވާނެ - ޓްރަމްޕު

އިރާނުން މާދަމާގެ ނިޔަލަށް އެމެރިކާއާއިއެކު"ޑީލަކަށް" ނައިސްފި ނަމަ ހަމަލާތައް އަލުން ފަށާނަން - ޓްރަމްޕު

އީރާނާއިއެކު ޑީލަކަށް ނާދެވިއްޖެ ނަމަ ހަމަލާތައް އަލުން ފަށާނަން - އެމެރިކާ




