
ޔޫއޭއީން އިރާނަށް ހަމަލާދޭން ފަށައިފި ކަމަށްބުނެ ދޮގު ހަބަރު ފެތުރީ އިޒްރޭލުން: ޔޫއޭއީގެ އިންޒާރެއް އިޒްރޭލަށް!
# އިރާންޔުނައިޓެޑް އަރަބް އެމިރޭޓްސް އިން އީރާނަށް ހަމަލާއެއް ދީފައިވާ ކަމަށް ބުނެ އިސްރާއީލުގެ މީޑިއާތަކުން މިއަދު ފަތުރަމުންދާ ހަބަރަކީ ދޮގު ހަބަރެއް ކަން ހާމަކޮށް ޔޫއޭއީން އެކަމާއި ނުރުހިއްޖެ އެވެ.

ޔޫއޭއީގެ އިސް އޮފިޝަލަކު ސްކައިނިއުސްއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެހަބަރަކީ ދޮގު ހަބަރެއް ކަމަށާއި ޔޫއޭއީން އަދި މިހާތަނަށް އިރާނަށް އެއްވެސް ހަމަލާއެއް ދީފައި ނުވާ ކަމަށެވެ.
އަދި މިފަދަ ދޮގު ހަބަރުތައް ފެތުރުން ކުށްވެރިކޮށް މިކަމަށް މިކަމަށް "ސަމާލުވުމަށް" އޮފިޝަލް ވަނީ އިސްރާއީލަށް އިންޒާރުދެއްވާފައި އެވެ.
އިޒްރޭލުގެ ނަން ނުޖެހޭ އޮފިޝަލުންނާ ހަވާލާދީ ޔަހޫދީ މީޑިއާތަކުން މިރޭ އިރާކޮޅު ވަނީ ޔޫއޭއީ އިން އީރާނުގެ ޑީސެލިނޭޝަން ޕްލާންޓަކަށް ހަމަލާދީފައިވާ ކަމަށް ބުނެ ރިޕޯޓުކޮށްފައެވެ.
އެމެރިކާ އިސްވެ އޮވެ އިސްރާއީލާއި ގުޅިގެން އިރާނަށް ދޭން ފެށި ހަމަލާތަކާއި ގުޅިގެން މެދުއިރުމަތީގައި ބޮޑު ހަނގުރާމައެއް ވަނީ ފެށިފައި އެވެ. ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އެމެރިކާއާއި އިސްރާއީލުން އިރާނަށް ހަމަލާ ދޭން ފެށުމާއިއެކު އިރާނުންވެސް ވަނީ ވަރުގަދަ ރައްދު ހަމަލާތަކެއް ދޭން ފަށާފައި އެވެ. މިގޮތުން މެދުއިރުމަތީގައި ހުރި އެމެރިކާގެ އަސްކަރީ އެސެޓްތަކަށް އަމާޒުކޮށް ވަރުގަދަ ކާމިޔާބު ހަމަލާތަކެއް ވަނީ އިރާނުން ދީފައި އެވެ.
ގުޅުންހުރި

ހަނގުރާމަ މެދުކަނޑާލި ދުވަސްތަކުގެ ބޭނުން އަސްކަރިއްޔާއިން ވަރަށް ރަނގަޅަށް ހިފައިފި، ދެން އިރާނަށް ދޭ ހަމަލާތައް މާވަރުގަދަވާނެ - ޓްރަމްޕު

އިރާނުން މާދަމާގެ ނިޔަލަށް އެމެރިކާއާއިއެކު"ޑީލަކަށް" ނައިސްފި ނަމަ ހަމަލާތައް އަލުން ފަށާނަން - ޓްރަމްޕު

އީރާނާއިއެކު ޑީލަކަށް ނާދެވިއްޖެ ނަމަ ހަމަލާތައް އަލުން ފަށާނަން - އެމެރިކާ




