
އިރާނުގެ ސްކޫލަކަށް ހަމަލާދީ 170 ދަރިވަރުން ޝަހީދުކޮށްލީ އެމެރިކާއިންކަން ސާބިތުވެ ޓްރަމްޕު ބޭޒާރުވެއްޖެ
# އިރާންއިރާނުގެ ސްކޫލަކަށް ހަމަލާދީ 170 ދަރިވަރުން ޝަހީދުކޮށްލީ އެމެރިކާއިންކަން ކަށަވަރުވެއްޖެ އެވެ.

އިރާނުގެ މިނާބުގައި ހުރި އަންހެން ކުދިންގެ އެލެމެންޓަރީ ސްކޫލަކަށް ހަމަލާދިނީ އިރާނާއި ދެކޮޅަށް އެމެރިކާއާއި އިސްރާއީލުން ހަމަލާދޭން ފެށި 28 ފެބްރުއަރީގައި އެވެ.
މި ހަމަލާގައި އެސްކޫލުން 175 މީހަކު ޝަހީދުވިއިރު އޭގެ ތެރެއިން 170 މީހުންނަކީ އެސްކޫލުގެ ދަރިވަރުންނެވެ.
މި ހަމަލާގެ ޒިންމާ ނަގަން އެމެރިކާއިން ދެކޮޅުހަދައި މިއީ އިރާނުން އަމިއްލައަށް ދިން ހަމަލާއެއް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު އިއްޔެ ވަނީ ބުނެފައި އެވެ. އެގޮތުން މި ހަމަލާގެ ތަހުގީގު އެމެރިކާއިން ކުރަމުންދާ ކަމަށާއި މިއީ ފޯކަސް ގެއްލުވާލުމުގެ ނިޔަތުގައި އިރާނުން އަމިއްލައަށް ދިން ހަމަލާއެއް ކަމަށް ޓްރަމްޕު ބުނެފައިވެއެވެ.
ނަމަވެސް ޓްރަމްޕުގެ އެވާހަކަތަކަށް 24 ގަޑިއިރުވެސް ނުވަނީސް މިއަދު ވަނީ އެސްކޫލަށް ދިން މިސައިލް ހަމަލާ ފެންނަ ވީޑީއޯއެއް އިރާނުގެ މެހެރު ނޫހުން އާންމުވެފައި އެވެ. އެގޮތުން އެވީޑިއޯއިން ފެންނަ މިސައިލްއަކީ އެމެރިކާގެ ޓޮމްހޯކް މިސައިލެއްކަން ވަނީ ކަށަވަރުވެފައި އެވެ.
ގުޅުންހުރި

ހަނގުރާމަ މެދުކަނޑާލި ދުވަސްތަކުގެ ބޭނުން އަސްކަރިއްޔާއިން ވަރަށް ރަނގަޅަށް ހިފައިފި، ދެން އިރާނަށް ދޭ ހަމަލާތައް މާވަރުގަދަވާނެ - ޓްރަމްޕު

އިރާނުން މާދަމާގެ ނިޔަލަށް އެމެރިކާއާއިއެކު"ޑީލަކަށް" ނައިސްފި ނަމަ ހަމަލާތައް އަލުން ފަށާނަން - ޓްރަމްޕު

އީރާނާއިއެކު ޑީލަކަށް ނާދެވިއްޖެ ނަމަ ހަމަލާތައް އަލުން ފަށާނަން - އެމެރިކާ




