
އިރާނުން އެމެރިކާގެ ބޭސްތަކަށް ދެމުންދާ ހަމަލާތައް ހުއްޓުވުމަށް އިނގިރޭސި ސިފައިން އެހީވާން ފަށައިފި
# އިރާންއިރާނުން އެމެރިކާގެ ބޭސްތަކަށް ދެމުންދާ ހަމަލާތައް ހުއްޓުވުމަށް އިނގިރޭސި ސިފައިން އެހީވާން ފަށައިފި އެވެ.

އިނގިރޭސިވިލާތުގެ ޑިފެންސް މިނިސްޓްރީން ބުނެފައިވަނީ ރޭ އީރާނުން އިރާގާ ދިމާލަށް ފޮނުވާލި ޑްރޯން ހަމަލާއެއް އެގައުމުގެ އަސްކަރީ ބާރުތަކުން ކާމިޔާބުކަމާއެކު ހުއްޓުވާފައިވާ ކަމަށެވެ.
އެކްސް އަށް ކުރި ޕޯސްޓެއްގައި މިނިސްޓްރީން އިތުރަށް ބުނެފައި މެދުއިރުމައްޗަށް ވައިގެ މަގުން ކުރިމަތިވާ ނުރައްކާތައް ދެނެގަތުމުގެ ގާބިލްކަން ވަރުގަދަ ކުރުމަށް މާލިން ހެލިކޮޕްޓަރެއް ފޮނުވަން މިހާރު އިނގިރޭސިވިލާތުން ނިންމާފައިވާ ކަމަށެވެ.
އިނގިރޭސިވިލާތުން ރޭ ހުއްޓުވި ކަމަށްވާ ޑްރޯންއަކީ އިރާނުން އިރާގުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަކަށް އަމާޒުކޮށް ފޮނުވާލި ޑްރޯންއެކެވެ.
އެމެރިކާ އިސްވެ އޮވެ އިސްރާއީލާއި ގުޅިގެން އިރާނަށް ދޭން ފެށި ހަމަލާތަކާއި ގުޅިގެން މެދުއިރުމަތީގައި ބޮޑު ހަނގުރާމައެއް ވަނީ ފެށިފައި އެވެ. ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އެމެރިކާއާއި އިސްރާއީލުން އިރާނަށް ހަމަލާ ދޭން ފެށުމާއިއެކު އިރާނުންވެސް ވަނީ ވަރުގަދަ ރައްދު ހަމަލާތަކެއް ދޭން ފަށާފައި އެވެ. މިގޮތުން މެދުއިރުމަތީގައި ހުރި އެމެރިކާގެ އަސްކަރީ އެސެޓްތަކަށް އަމާޒުކޮށް ވަރުގަދަ ކާމިޔާބު ހަމަލާތަކެއް ވަނީ އިރާނުން ދީފައި އެވެ.
މި ހަމަލާތަކާއި ގުޅިގެން އެމެރިކާގެ ދިފާއީ ނިޒާމުތައް ދުވަހަކަށްވުރެ ދުވަހެއް ބަލިކަށިވަމުން އަންނަ އިރު އެމެރިކާއިން ވަނީ ސިއްރިއްޔާތުގައި އިނގިރޭސިވިލާތުގެ އެހީއަށް އެދިފައި ކަމަށް ރިޕޯޓުތައް ބުނެއެވެ.
ގުޅުންހުރި

އިޒްރޭލުން އެއްބަސްވުމާއި ހިލާފުވަމުންދާތީ ހޯމޫޒް ކަނޑުއޮޅި ވަގުތީ ގޮތުން ބަންދުކޮށްފި - އިރާނު މީޑިއާތައް

ލުބުނާނަށް އިޒްރޭލުން ދެމުންދާ ހަމަލާތަށް ހުއްޓާނުލާނަމަ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް އަމަލު ނުކުރާނަން - އިރާން

ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް އަމަލުކުރަން ފަށައި އެމެރިކާއިން އިރާނަށް ހަމަލާދިނުން ހުއްޓާލައިފި




