
-
ގާފު ރެސިޕީ އަކީ ކޮންމެ އަހަރެއްގެ ރަމަޟާން މަހާއި ދިމާކޮށް ގާފު ނޫހުގެ ކިޔުންތެރިންނާއި ހަމައަށް މި ނޫހުގެ ފަރާތުން ގެނެސްދޭ ރެސިޕީއަށް ޚާއްސަ ސެގްމެންޓެކެވެ.

އެގޮތުން މި ސެގްމެންޓު 2023 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ ރަމަޟާން މަހުވެސް ގާފު ނޫހުން ގެނެސްދެއެވެ.
1447 ވަނަ އަހަރުގެ ރަމަޟާން މަހުގެ ކޮންމެ ދުވަހެއްގައިވެސް ތަފާތު ރެސިޕީތަކެއް ކިޔުންތެރިންނާއި ހަމައަށް ގެނެސްދެވޭނެ އެވެ. އެގޮތުން މިއަހަރުގެ ރަމަޟާން މަހުގެ ނަވާރަވަނަ ރެސިޕީއެއްގެ ގޮތުގައި މިގެނެސްމިދެނީ މައިލޯ ކޭކު އެވެ.
ބޭނުންވާ ތަކެތި:
- 125ގ ބަޓާރ
- 50ގ ހަކުރު
- 195ގ ފުއް
- 2/1 2 ސައިސަމުސާ ބޭކިންގ ޕައުޑަރ
- 150ގ މައިލޯ ނުވަތަ 1 4/1 ޖޯޑު މައިލޯ
- 1-2 ސައިސަމުސާ ކޮކޯ ޕައުޑާރ
- 3 ބިސް
- 120މލ ކިރު
ތައްޔާރުކުރާނެ ގޮތް:
މިކްސްޗަރުގައި ބަޓާރުކޮޅާއި ހަކުރު ރަނގަޅަށް އެއްކޮށްލާށެވެ. ފަހަރަކު ބިހެއް އަޅާ އެއްކޮށްލާށެވެ.
ދެން ފުއް، ބޭކިންގ ޕައުޑާރ އަދި މައިލޯ ކޮޅު މަދު މަދުން އަޅަމުން ސްޕީޑް މަޑުކޮށް މިސްޗަރުން ގިރާ ރަނގަޅަށް އެއްކޮށްލުމަށްފަހު މިލްކް އަޅާ ގިރާލާށެވެ.
އެއަށްފަހު އަވަނަށްލާ 40-45 މިނެޓްވަންދެން ފިހެލާށެވެ. ފިހެވުމުން އަވަނުން ނަގާ 10 ވަރަކަށް މިނެޓް ވަންދެން ހިހޫ ކޮށްލަން ބެހެއްޓުމަށްފަހު ފުރިޖަށްލާ ފިނިކޮށްލުމުން މި ހުރީ މައިލޯ ކޭކް ތައްޔާރުވެފައެވެ.
.gif&w=3840&q=75)






