logoEN
PNC TOP 3
އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އިރާނުން އަދިވެސް ހަމަލާދެނީ: މިހާތަނަށް އެމެރިކާގެ 3 ސިފައިން މަރުވެ 5 ސިފައިންނަށް ސީރިއަސް އަނިޔާތަކެއް!

އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އިރާނުން އަދިވެސް ހަމަލާދެނީ: މިހާތަނަށް އެމެރިކާގެ 3 ސިފައިން މަރުވެ 5 ސިފައިންނަށް ސީރިއަސް އަނިޔާތަކެއް!

އަހުމަދު ޝުރާއު

logo

3/1/2026, 4:52:17 PM

# އިރާން

އިސްރާއީލާއި އެމެރިކާ ގުޅިގެން އިރާނަށް ދިން ހަމަލާއެއްގައި އެގައުމުގެ އިސް ލީޑަރު އާޔަތުالله އަލީ ޚާމަނާއި އަވަހާރަކޮށްލުމާއި ގުޅިގެން މެދުއިރުމަތީގެ ގައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ދެމުންދާ ހަމަލާތައް އިރާނުން އިތުރަށް ވަރުގަދަކޮށްފި އެވެ.

PNC MID 2

ރިޕޯޓުތައް ބުނާގޮތުގައި އިރާނުން އަންނަނީ ކުވެއިތާއި ބަހްރައިން އަދި ގަތަރުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ވަރުގަދަ ހަމަލާތަކެއް އަދިވެސް ދެމުންނެވެ. އިއްޔެއިން ފެށިގެން އަންނަ މި ހަމަލާތަކުގައި އެމެރިކާ ސިފައިންތަކެއް މަރުވެފައިވާކަން އެމެރިކާއިން މިހާރު ވަނީ ރަސްމީކޮށް ހާމަކޮށްފައެވެ.

އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ބުނާ ގޮތުގައި އީރާނާ ދެކޮޅަށް އިސްރާއީލާއި އެމެރިކާއިން ކުރިއަށްދާ ހަނގުރާމައިގެ ތެރެއިން އިރާނުން ދިން ބަދަލުހިފުމުގެ ހަމަލާތަކުގައި މިހާތަނަށް މަދުވެގެން އެމެރިކާ ސިފައިންގެ 3 މީހަކު މަރުވެ 5 މީހަކު ސީރިއަސްކޮށް ޒަޚަމްވެފައިވެއެވެ.

ނަމަވެސް މިއީ ކޮން މަރުކަޒެއްގައި ތިބި ސިފައިންތަކެއް ކަމަށް އެމެރިކާއިން ހާމަކޮށްފައިނުވެއެވެ.

އިރާނަކީ ނިއުކްލިއާ ހަތިޔާރު އުފައްދަމުންދާ ގައުމެއް ކަމަށާއި އެބިރު މުޅި ދުނިޔެއަށް އޮތް ކަމަށް ބުނެ އިސްރާއީލާއި އެމެރިކާއިން ދުނިޔޭގެ ގާނޫނު ތަކާއި ހިލާފަށް އިރާނަށް ވަރުގަދަ ހަމަލާތަކެއް ދޭން ފެށީ އިއްޔެ ހެނދުނު އެވެ. އެގޮތުން މި ހަމަލާތަކުގައި އިރާނުގެ އިސް ލީޑަރު ޚާމަނާއީ އާއި އިރާނުގެ އަސްކަރީ ގިނަ ވެރިންތަކެއް އަވަހާރަކޮށްލާފައިވާއިރު މިކަން އިރާނުންވެސް މިއަދު ވަނީ ރަސްމީކޮށް އިއުލާނުކޮށްފައެވެ.

އެމެރިކާއާއި އިސްރާއީލުގެ މި އަމަލުގެ ސަބަބުން އިރާނުން ވަނީ އިސް ލީޑަރާއި އަސްކަރީ ކޮމާންޑަރުންގެ މަރުގެ ބަދަލު ހިފާނެކަން އިއުލާނުކޮށް އިސްރާއީލުގެ ގިނަ ސަރަހައްދުތަކަކަށާއި މެދުއިރުމަތީގައި ގާއިމުވެ ތިބި އެމެރިކާ ސިފައިންގެ މަރުކަޒުތަކަށް އަމާޒުކޮށް ހުއްޓުމެއް ނެތް ހަމަލާތަކެއް ދެމުންނެވެ. މި ހަމަލާތަކުގައި މަރުކަޒުތަކަށް ގެއްލުން ނުވާކަމަށް އެމެރިކާއިން މިރެއާއި ހަމައަށްވެސް ބުނަމުން އައި ނަމަވެސް އިތުބާރުހުރި މަސްދަރުތަކުން އަންނަނީ އެމެރިކާގެ މަރުކަޒުތަކަށް އެމެރިކާއިން ހީވެސްނުކުރާ ފަދަ ގެއްލުންތަކެއް ވަމުންދާކަން ހާމަކޮށްފައެވެ.

މިގޮތުން އެމެރިކާގެ އެންމެ ބޮޑެތި އަސްކަރީ މަރުކަޒުތައް ހުރި ޔޫއޭއީއާއި ގަތަރާއި ކުވެއިތު އަދި ބަހްރައިނަށް ވަރުގަދަ ހަމަލާތަކެއް ދީ އެގައުމުތަކުގެ އާންމު ދިރިއުޅުންވެސް ވަނީ ހުއްޓުމަކަށް އައިސްފައި އެވެ.

އިރާނުން ވަނީ މި ހަމަލާތަކަކީ މެދުއިރުމަތީގެ އެކުވެރީންނަށް ދޭ ސީދާ ހަމަލާތަކެއް ނޫން ކަމަށާއި މިއީ އެމެރިކާއާއި އިސްރާއީލުގެ ތަންތަނަށް އެކަނި އަމާޒުކޮށް ދެމުންދާ ހަމަލާތަކެއް ކަމަށް ބުނެފައި އެވެ. އެގޮތުން އިރާނަށް ހަމަލާތައް ދޭން އެމެރިކާއިން މި މަރުކަޒުތައް ބޭނުންކޮށްފައިވާކަމުގެ ހެކި ހުރި ކަމަށާއި އިރާނުން އަމިއްލަ ދިފާއުގައި ދޭ މި ހަމަލާތަކަށް އެގައުމު ތަކުން އިޖާބަ ނުދިނުމަށް އިރާނުން ވަނީ އެގައުމުތަކަށް އަންގާފައި އެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC