logoEN
PNC TOP 3
ގާފު ރެސިޕީ: ލެމަން ޕައި މިލްކްޝޭކް

ގާފު ރެސިޕީ: ލެމަން ޕައި މިލްކްޝޭކް

ސާރާ އަހުމަދު

logo

3/1/2026, 3:29:14 PM

# ގާފު ރެސިޕީ

-

ގާފު ރެސިޕީ އަކީ ކޮންމެ އަހަރެއްގެ ރަމަޟާން މަހާއި ދިމާކޮށް ގާފު ނޫހުގެ ކިޔުންތެރިންނާއި ހަމައަށް މި ނޫހުގެ ފަރާތުން ގެނެސްދޭ ރެސިޕީއަށް ޚާއްސަ ސެގްމެންޓެކެވެ.

PNC MID 2

އެގޮތުން މި ސެގްމެންޓު 2023 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ ރަމަޟާން މަހުވެސް ގާފު ނޫހުން ގެނެސްދެއެވެ.

1447 ވަނަ އަހަރުގެ ރަމަޟާން މަހުގެ ކޮންމެ ދުވަހެއްގައިވެސް ތަފާތު ރެސިޕީތަކެއް ކިޔުންތެރިންނާއި ހަމައަށް ގެނެސްދެވޭނެ އެވެ. އެގޮތުން މިއަހަރުގެ ރަމަޟާން މަހުގެ ބާރަވަނަ ރެސިޕީއެއްގެ ގޮތުގައި މިގެނެސްމިދެނީ ލެމަން ޕައި މިލްކްޝޭކް އެވެ.

ބޭނުންވާނެ ތަކެތި:
  • 1/4 ތަށި ގޯލްޑަން އޯރިއޭ ކްރޭކަރ ކްރަމްބްސް
  • 1 މޭޒުމަތީ ސަމުސާ ލުނބޯ ޖޫސް
  • 1 ލުނބޯ (ފޮތި ކޮށްފައި)
  • 8 ސްކޫޕް ވެނީލާ އައިސްކްރީމް
  • 1/2 ޖޯޑު ލެމަން ކާރޑް
  • 1/2 ޖޯޑު ހޯލް މިލްކް
  • ވިޕްޑް ކްރީމް (ގާނިޝް ކުރުމަށް)
  • ލެމަން ޑްރޮޕްސް (ގާނިޝް ކުރުމަށް)
ތައްޔާރުކުރާނެ ގޮތް:

އެންމެ ފުރަތަމަ އޯރިއޯ ކްރޭކަރ ކްރަމްބްސް ކުޑަ ތައްޓަަކަށް އަޅާށެވެ. އެއަށްފަހު 4 ބިއްލޫރި ތަށީގެ މަތީގައި ފޮތިކޮށްފައި ހުރި ލުނބޯ ހޭކުމަށްފަހު ގްރެހަމް ކްރޭކަރ ކްރަމްބްސްގައި ޑިޕް ކޮށްލާށެވެ. ބާކީ ހުރި ކްރަމްބްސް ފަހަށް ބަހައްޓާށެވެ. ދެން ބްލެންޑަރަކަށް އައިސްކްރީމް، ލެމަން ކާރޑް، ހޯލް މިލްކް އަދި ލެމަން ޖޫސް އަޅާށެވެ. އަދި ހުރިހާ އެއްޗެއް ރަނގަޅަށް އެއްވަންދެން ގިރާލާށެވެ.

ދެން ކުރިން ތައްޔާރު ކުރި ބިއްލޫރި ތައްޓަށް އަޅާލާށެވެ. އަދި މައްޗަށް ވިޕްޑް ކްރީމް، ލެމަން ޑްރޮޕް އަޅާލާށެވެ. އަދި ކުރިން ބާކީ ހުރި ގްރެހަމް ކްރޭކަރ ކްރަމްބްސް ވެސް ސްޕްރިންކްލްކޮށްލާށެވެ.

މިހާރު މިހިރީ މި މިލްކްޝޭކް ތައްޔާރުކޮށް ނިމިފައިއެވެ. މިއީ ރޯދަ ވީއްލާގަޑިއަށް ތަފާތު ބުއިމެއް ތައްޔާރުކޮށްލަށް ބޭނުންވާ ބޭފުޅުންނަށް ވަރަށް ކަމުދާނެ ރެސެޕީއަކަށް ވާނެކަމަށް ހީކުރަމެވެ.

undefined

E living
ކޮމެންޓް
E living
ފަހުގެ
HDC