logoEN
PNC TOP 3
ރާއްޖެއަށް ކާބޯތަކެއްޗާއި އަސާސީ ބާވަތްތައް ހުއްޓުމެއް ނެތި ލިބޭނެކަން ކަށަވަރު ކުރަނީ

ރާއްޖެއަށް ކާބޯތަކެއްޗާއި އަސާސީ ބާވަތްތައް ހުއްޓުމެއް ނެތި ލިބޭނެކަން ކަށަވަރު ކުރަނީ

# ދިވެހި ސަރުކާރު

މެދުއިރުމަތީގައި ހިނގަމުން އަންނަ އަސްކަރީ ކުރިމަތިލުމުގެ ސަބަބުން ސަޕްލައި ޗެއިނަށް ދިމާވެދާނެ ގޮންޖެހުންތައް މޮނިޓާކޮށް، ރައްޔިތުންނަށް ކާބޯތަކެއްޗާއި އަސާސީ ބާވަތަތައް މެދުކެނޑުމެއްނެތި ލިބޭނެކަން ކަށަވަރު ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އިގްތިސާދީ ތަރައްގީއާއި ވިޔަފާރިއާއި ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

PNC MID 2

އިގްތިސާދީ ތަރައްގީއާއި ވިޔަފާރިއާއި ބެހޭ ވުޒާރާއިން ނެރުނު ނޫސްބަޔާނެއްގައި ބުނީ، މެދުއިރުމަތީގއި މިހާރު ހިނގަމުންދާ އަދި ހަލުވިކަމާއެކު ބަދަލުވަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން، ދައުލަތުގެ ކަމާގުޅުން ހުރި ހުރިހާ ފަރާތްތަކާއެކު، އެ ސަރަޙައްދުގެ މަސްރަހުގެ ސަބަބުން ރާއްޖެއަށް ކޮށްފާނެ އަސަރުތައް ވަރަށް ގާތުން މޮނިޓަރކުރަމުން އަންނަ ކަމަށެވެ.

މިގޮތުން ބައިނަލްއަގުވާމީ މުދާ އުފުލާ ނިޒާމަށް އަތުވެދާނެ ލޮޅުންތައް ދައުލަތުގެ ކަމާގުޅުންހުރި އިދާރާތަކާ ގުޅިގެން ގާތުން ދިރާސާ ކުރަމުން އަންނަ ކަމަށް އެބަޔާނުގައި ބުނެފައިވެއެވެ. އަދި ރާއްޖެއަށް އާއްމުކޮށް މުދާ އެތރެކުރާ ރޫޓްތަކަށް ދިމާވެދާނެ ދަތިތައް ދެނެގަނެ، އެކަންކަމުން އަރައިގަތުމަށްޓަކައި ބޭނުންވާނެ އެހެނިހެން އަލްޓަނޭޓިވް މާކެޓުތައް ހޯދުމުގެ މަސައްކަތްވެސް އެ މިނިސްޓްރީން ކުރަމުން އަންނަ ކަމަށް ބުނެފައިވެއެވެ.

"މިދަނޑިވަޅުގައި ސަރުކާރުގެ އެންމެ އިސް އަމާޒަކީ ދިވެހި އެންމެހައި ރައްޔިތުންނަށް ބޭނުންވާ އަސާސީ ކާބޯތަކެއްޗާއި އަސާސީ މުދަލުގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުން" - މިނިސްޓްރީގެ ބަޔާން

ރާއްޖެއަށް ބޭނުންވާ މުހިންމު ބާވަތްތަކުގެ ސްޓޮކް ހުސްނުވެ ލިބޭނެ އިންތިޒާމްތައް ހަމަޖެއްސުމަށާއި، އިމްޕޯޓް ކުރުމުގައި ހުރި ގޮންޖެހުންތަކަށް ހައްލު ހޯދުމަށް ސަރުކާރުގެ މުވައްސަސާތަކާއި އަމިއްލަ ވިޔަފާރިތަކާއި ގުޅިގެން އެންމެހައި ފިޔަވަޅުތައް އަޅާނެ ކަމުގެ ފުރިހަމަ ޔަގީންކަން ސަރުކާރުން ވަނީ އަރުވާފައެވެ.

އެެމެރިކާ އިސްވެ އޮވެ އިސްރާއީލާއި ގުޅިގެން މިއަދު ހެނދުނު އިރާނަށް ވަރުގަދަ ހަމަލާތަކެއް ދިނުމާއިއެކު އިރާނުންވެސް އަންނަނީ އިސްރާއީލަށާއި އެމެރިކާގެ ބޭސްތައް ހުރި މެދުއިރުމަތީގެ ގައުމުތަކަށް ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ. ބަދަލުހިފުމަށް އިރާނުން ދޭން ފެށި ހަމަލާތަކާއިއެކު މެދުއިރުމަތީގެ މަޝްރަހު ވަރަށް ބޮޑަށް ވަނީ ގޯސްވެފައި އެވެ. ހުރިހާ ގައުމަކުންވެސް ދެމުން އަންނަ ހަމަލާތައް ކުށްވެރިކޮށް ދިވެހި ސަރުކާރުން ވަނީ ސުލްހަ ގާއިމްކުރުމަށް ގޮވާލާފައެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC