logoEN
PNC TOP 3
ހުރިހާ ފަރާތްތަކުން ދޭ ހަމަލާތައްވެސް ކުށްވެރިކޮށް ރާއްޖެއިން ގޮވައިލީ ވަގުތުން ސުލްހަ ގާއިމްކުރަން!

ހުރިހާ ފަރާތްތަކުން ދޭ ހަމަލާތައްވެސް ކުށްވެރިކޮށް ރާއްޖެއިން ގޮވައިލީ ވަގުތުން ސުލްހަ ގާއިމްކުރަން!

އަހުމަދު ޝުރާއު

logo

2/28/2026, 6:10:28 PM

# ރައީސް މުއިއްޒު

--

މެދުއިރުމަތީގައި ފެށިފައިވާ ހަނގުރާމަ ވަގުތުން ހުއްޓާލައި ސުލްހަ ގާއިމްކުރަން ރާއްޖެއިން ގޮވާލައިފި އެވެ.

PNC MID 2

އެެމެރިކާ އިސްވެ އޮވެ އިސްރާއީލާއި ގުޅިގެން މިއަދު ހެނދުނު އިރާނަށް ވަރުގަދަ ހަމަލާތަކެއް ދިނުމާއިއެކު އިރާނުންވެސް އަންނަނީ އިސްރާއީލަށާއި އެމެރިކާގެ ބޭސްތައް ހުރި މެދުއިރުމަތީގެ ގައުމުތަކަށް ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ. ބަދަލުހިފުމަށް އިރާނުން ދޭން ފެށި ހަމަލާތަކާއިއެކު މެދުއިރުމަތީގެ މަޝްރަހު ވަރަށް ބޮޑަށް ވަނީ ގޯސްވެފައި އެވެ.

މިކަމާއި ގުޅިގެން މިރޭ ދިވެހި ސަރުކާރުން ނެރުނު ބަޔާނެއްގައި ވަނީ މެދުއިރުމަތީގައި މި ވަގުތު ހަމަލަ ދެމުން އަންނަ ހުރިހާ ގައުމަކުން ދޭ ހަމަލަތައް ކުށްވެރިކުރާ ކަމަށާއި، ވަގުތުން ސުލްހަ ގާއިމްކުރަން މަސައްކަތް ކުރުމަށް ގޮވާލާފައި އެވެ.

ވަކި ގައުމަކަށް ނިސްބަތް ނުކޮށް، ދިވެހި ސަރުކާރުން ނެރުނު ބަޔާނުގައި ބުނީ މިހާރު ދެމުންދާ ހަމަލާތައް އިތުރަށް ވަރުގަދަވަމުންދާ ދިއުމާ މެދު ދިވެހި ސަރުކާރުން ނުހަނު ބޮޑު ކަންބޮޑުވާ ކަމަށާއި، މަސްރަހު ބަލައި ފާރަވެރިވަމުންދާ ކަމަށެވެ. އަދި މެދުއިރުމަތީގެ މަސްރަހުގައި އެކި ފަރާތްތަކުން ދެމުންދާ ހަމަލާތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށާއި އެ ސަރަޙައްދުގައި އަލުން ސުލްޙަވެރިކަމާއި ހަމަޖެހުން ގާއިމުކުރުމަށް ރާއްޖެއިން ވަނީ ގޮވާލާފައި އެވެ.

މީގެ އިތުރުން ހުރިހާ ފަރާތްތަކަކުން ވެސް ބައިނަލްއަޤުވާމީ ޤާނޫނުތަކަށާއި އދ. ގެ ޗާޓަރުން ލާޒިމްކުރާ ކަންކަމަށް ފުރިހަމައަށް އިޙްތިރާމްކުރުމަށް އިލްތިމާސްކުރާ ކަމަށާއި މީގެ އިތުރުން، ހުރިހާ ދައުލަތްތަކެއްގެ ސިޔާދަތީ މިނިވަންކަމާއި ބޯޑަރަށް ހުރިހާ ފަރާތްތަކުން ވެސް އަބަދުވެސް ފުރިހަމައަށް އިޙްތިރާމްކުރަންވާނެ ކަމަށް ރާއްޖެއިން ގަބޫލުކުރާ ކަމުގައި ބަޔާނުގައި ބުނެފައިވެއެވެ.

ދިވެހި ސަރުކާރުން އިތުރަށް ފާހަގަކުރި ގޮތުގައި، ޚިޔާލުތަފާތުވުންތައް ސުލްޙަވެރިކަމާއެކު ޙައްލުކުރުމަކީ ރާއްޖެއިން އަބަދުވެސް ގެންގުޅޭ ހަރުދަނާ ސިޔާސަތެކެވެ. އެހެންކަމުން، ސަރަޙައްދީ އަދި ދުނިޔޭގެ ސުލްޙަ މަސަލަސްކަން ދެމެހެއްޓުމަށް ޓަކައި ހުރިހާ ގައުމުތަކަކުން ގުޅިގެން މަސައްކަތްކުރުން މުހިންމުކަމަށް ރާއްޖެއިން ވަނީ ބުނެފައެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC