logoEN
PNC TOP 3
އިރާނުން ބެލިސްޓިކް މިސައިލް ބޭނުންކޮށްގެން ޖޯޑަންއަށް ހަމަލާދީފި

އިރާނުން ބެލިސްޓިކް މިސައިލް ބޭނުންކޮށްގެން ޖޯޑަންއަށް ހަމަލާދީފި

އަހުމަދު ޝުރާއު

logo

2/28/2026, 10:11:42 AM

# އިރާން

އިރާނުން ބެލިސްޓިކް މިސައިލް ބޭނުންކޮށްގެން ޖޯޑަންއަށް ހަމަލާދީފި އެވެ.

PNC MID 2

ރިޕޯޓުތައް ބުނާގޮތުގައި ޖޯޑަންއިން ވަނީ އެގައުމުގެ ވައިގެ ސަރަހައްދުން ދެ ބެލިސްޓިކް މިސައިލް ވައްޓާލާފައި އެވެ. މިއީ އިރާނުން ދިން ހަމަލާތަކެއްކަން ޔަގީންވި ނަމަވެސް މިއީ ޖޯޑަންގެ ކޮންތަނަކަށް އަމާޒުކޮށް ދިން ހަމަލާތަކެއް ކަމެއް އަދި ކަށަވަރެއް ނުވެއެވެ.

ޖޯޑަންއަކީވެސް އެމެރިކާގެ ބޮޑު އަސްކަރީ މަރުކަޒެއް ގާއިމްކޮށްފައިވާ ގައުމެކެވެ. އެގޮތުން ޖޯޑަންގެ ވެރިރަށް އަމާންއާއި 100 ކިލޯމީޓަރު ދުރުގައި އެމެރިކާގެ އަސްކަރީ ބޭސްއެއް ކަމަށްވާ މުފައްވަގު ސަލްތީ ނަމަކަށް ކިޔާ ބޭސްއެއް ހުރެއެވެ.

އެމެރިކާ އާއި އިޒްރޭލު ގުޅިގެން އީރާނަށް ހަމަލާދޭން ފެށީ މިއަދު ހެނދުނު އެވެ. އެމެރިކާ އިސްވެ އޮވެ ފެށި މި ހަމަލާތަކަށް އިރާނުން ތިބީ ވަރަށް ފުރިހަމައަށް ތައްޔާރުވެގެންނެވެ. އެގޮތުން ހަމަލާތައް ދިންތާ ކުޑައިރުކޮޅެއްގެ ތެރޭގައި އިރާނުން ވަނީ އިސްރާއީލަށާއި ސަރަހައްދުގައި ހުރި އެމެރިކާގެ ހުރިހާ އަސްކަރީ މަރުކަޒަކަށް އަމާޒުކޮށް ހަމަލާތައް ދޭން ފަށާފައި އެވެ.

މިގޮތުން ކުވެއިތު، ބަހްރައިން، ޔޫއޭއީ، ގަތަރު އަދި ސައުދީ އަށް ވެސް އިރާނުން ހަމަލާތައް ދިން އިރު މި ހަމަލާތައް އަމާޒުކުރީ އެގައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށެވެ. މިގޮތުންވެސް ގަތަރުގައި ހުންނަ އަލް ހުދެއިދު ވައިގެ އަސްކަރީ މަރުކަޒަށް އިރާނުން ވަރަށް ވަރުގަދަ ހަމަލާއެއް ދީފައިވާއިރު ބަހްރައިންގެ މަނަމާއަށްވެސް ވަރުގަދަ ހަމަލާއެއް އިރާނުން ވަނީ ދީފައި އެވެ.

މި ހަމަލާތަކުގައި އިރާނުން ބޭނުންކުރަމުންދަނީ ބެލިސްޓިކް މިސައިލްތައް ކަމަށް ރިޕޯޓުތައް ބުނެއެވެ.

އެމެރިކާއިން އިސްރާއީލާއި ގުޅިގެން އިރާނަށް ހަމަލާތަކެއް ދީފައިމިވަނީ އިރާނުގެ ނިއުކްލިއާ ޕްރޮގްރާމާއި ގުޅިގެން އެކަމުގެ ނުރައްކާ އެމެރިކާއާއި އިސްރާއީލަށް އޮތް ކަމަށް ބުނެފައިވާ ދަނޑިވަޅެއްގައި އެވެ. ނަމަވެސް އިރާނުން ވަނީ ނިއުކްލިއާ ޕްރޮގްރާމާއި ގުޅިގެން އެމެރިކާއިއެކު މަޝްވަރާގެ މޭޒަށް އައިސްފައި އެވެ. އަދި އެކަމުގެ މަޝްވަރާތައް ލަހުން ކުރިޔަށް ދިޔަނަމަވެސް ދެފަރާތުންވެސް އެއްބަސްވާ ހިސާބަކަށް މަޝްވަރާތައް ކުރިޔަށް ގޮސްފައިވުމުން މަޝްވަރާގެ އިތުރު ބުރުތަކަކަށް އިރާނުންވެސް ވަނީ އެއްބަސްވެފައި އެވެ. އަދި އެމަޝްވަރާތައް އަންނަ ހަފްތާގައި ފެށުމަށްވެސް އޮތީ ތައްޔާރުވެފައި އެވެ.

ނަމަވެސް މިއަދު ހެނދުނު ކުއްލި ގޮތަކަށް އިރާނަށް ދިން ހަމަލާތަކާއި ގުޅިގެން މި މަޝްވަރާތައް އެކުއެކީ ހުއްޓުމަކަށް އަންނާނެ ކަމަށް މަޝްރަހު ދިރާސާާ ކުރާ ފަރާތްތަކުން އަންނަނީ ބުނަމުންނެވެ. އަދި މިއީ މެދުއިރުމަތީގައި ފެށޭ ދިގު ހަނގުރާމައެއްގެ ގޮތުގައިވެސް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC