
-
ރަމަޟާން މަހަށް ޚާއްޞަކޮށް "އަވަސްވެގަންނާށެވެ! 1447" ޕްރޮގްރާމް އައްސޭރި ޖަލުގެ ޤައިދީންނަށް ފަށައިފި އެވެ.

ކޮންމެ އަހަރަކުވެސް ކުރިޔަށްގެންދާ މި ޕްރޮގްރާމުގައި މި އަހަރު 92 ޤައިދީން ބައިވެރިވެފައިވާ ކަމަށް ކަރެކްޝަނަލް ސާވިސްއިން ވަނީ ބުނެފައި އެވެ. މި ޕްރޮގްރާމަކީ، ފަސް ހަފުތާގެ މުއްދަތަށް އެކުލަވާލެވިފައިވާ، މައިގަނޑު 6 މާއްދާ އާއި ހަރަކާތްތަކަށް އެކުލެވޭ ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމްގެ މަޤްޞަދަކީ ޤައިދީން ރަމަޟާން މަހަށް ފުރިހަމަ ގޮތުގައި އިސްތިޤްބާލު ކުރުވުމާއި އެ މައްސަރުގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ހިފުމަށް ބާރުއެޅުމާއި، އިސްލާމް ދީނާއި ކީރިތި ޤުރުޢާނަށް ލޯބިކުރާ ބަޔަކަށް ވުމަށް ބާރުއެޅުމެވެ.
މީގެ އިތުރުން މި ޕްރޮގާމް މެދުވެރިކޮށް ބައިވެރިންނަށް އިސްލާމް ދީންގެ އަސާސީ މަޢުލޫމާތު ފޯރުކޮށްދިނުމާއި އިސްލާމީ ރިވެތި ސިފަތަކާއި އުޞޫލުތަކާ އެއްގޮތަށް އަޚްލާގާއި ސުލޫކަށް ބަދަލު ގެނައުމަށް ބާރުއަޅާނެއެވެ.
ގުޅުންހުރި
.jpeg&w=3840&q=75)
އައްސޭރި ޖަލުގެ ޤައިދީންނާއި ބަންދުމީހުންނަށް މެޑިކަލް ކޭމްޕެއް ހިންގައިފި

"ސައިކޮލޮޖިކަލް ފަސްޓް އެއިޑް" ޕްރޮގްރާމް 18 އޮފިސަރުން ފުރިހަަމަކޮށްފި

ޤައިދީންނާއި ބަންދުމީހުންނަށް ސިއްޙީ ފަރުވާ ފޯރުކޮށްދިނުމަށް، ހުޅުމާލޭ ހޮސްޕިޓަލާ ގުޅިގެން މާފުށީ ޖަލުގައި މެޑިކަލް ކޭމްޕެއް ހިންގައިފި




