
ދީނަށް ފުރައްސާރަކުރި މައްސަލާގައި ތަހުގީގަށް ޓިކްޓޮކް "ބޫގަ" ފުލުހުހަށް ހާޒިރުކުރަނީ
# ދިވެހި ފުލުހުންގެ ޙިދުމަތް-
ފުލުހުން ބަލަމަންދާ މައްސަލައަކާއި ގުޅިގެން ޓިކްޓިކުގައި ގިނަ ބަޔެއްގެ ސަމާލުކަން ހޯދި އަޙްމަދު ޢާމިރު ( ބޫގަ ) ތަހުގީގަށް ހާޒިރުވުމަށް އެދި އާންމުކޮށް އިއުލާނުކޮށްފި އެވެ.

ފުލުހުން މިއަދު ބުނީ ސޯޝަލް މީޑިއާގެ އެކި ޕްލެޓް ފޯމްތަކުގައި އިސްލާމް ދީނަށް ތައުހީނުކޮށް، ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަމަށް ބުރޫއަރާފަދަ ވާހަކަ ދެއްކުމާއި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ ނައްތާލުމަށް ގޮވާލައި ވާހަކަ ދައްކާފައިވާ މައްސަލައާ ގުޅިގެން ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައެއްގެ ތަހުގީގަށް އޭނާ ހާޒިރުކުރަން ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާ ކަމަށެވެ.
މިއާއިއެކު ޖިނާއި މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން އޭނާ ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނުކުރާކަމަށެވެ.
އޭނާ ހާޒިރުކުރަނީ މައްސަލައިގެ ތަހުގީގަށް ތުހުމަތުގައި ސުވާލުކުރުމަށް ކަމަށާއި 2026 މާރިޗު 10 ވަނަ ދުވަހުގެ 16:00 އަށްސާޖަންޓް އާދަމް ޙަލީމް ކުރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގ އަށް ހާޒިރުވުމަށް އޭނާގެ ފޮޓޯއާއިއެކު ފުލުހުން މިއަދު ކުރި އިއުލާނެއްގައި ވަނީ ބުނެފައި އެވެ.
ގުޅުންހުރި

މަސްތުވާތަކެތީގެ މައްސަލައެއްގައި ކަނޑުހުޅުދޫއިން މީހަކު ހައްޔަރުކޮށްފި

ދީނަށް ފުރައްސާރަކުރި މައްސަލާގައި ތަހުގީގަށް ޓިކްޓޮކް "ބޫގަ" ފުލުހުހަށް ހާޒިރުކުރަނީ

ތިން ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ހޯދައި ދެމީހަކު ހައްޔަރަށް!

.gif&w=3840&q=75)



