logoEN
PNC TOP 3
މާލޭގައި މީހަކު ރަހީނުކުރި މައްސަލައެއްގައި ބިދޭސީއަކު ހައްޔަރުކޮށްފި

މާލޭގައި މީހަކު ރަހީނުކުރި މައްސަލައެއްގައި ބިދޭސީއަކު ހައްޔަރުކޮށްފި

އަހުމަދު ޝުރާއު

logo

2/21/2026, 4:11:38 PM

# ދިވެހި ފުލުހުންގެ ޙިދުމަތް

-

މާލޭގައި މީހަކު ރަހީނުކުރި މައްސަލައެއްގައި ބިދޭސީއަކު ހައްޔަރުކޮށްފި އެވެ.

PNC MID 2

ފުލުހުން މިއަދު ބުނީ ހުއްދަނޫން ގޮތުގައި މީހަކު ހިފަހައްޓާފައިވާ މައްސަލައެއް 2026 ފެބްރުއަރީ 19 ވަނަ ދުވަހުގެ ރޭ ދަންވަރު 01:22 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

އެގޮތުން ތަހުގީގުގެ ތެރެއިން ކުރި މަސައްކަތުން، އެ މީހާ މާލޭގައި ހުރި ތަން ދެނެގަނެ، އެތަނަށް ބާރުގެ ބޭނުންކޮށްގެން ވަދެ ހިފަހައްޓާފައިހުރި މީހާ ވަނީ އެރޭ 02:29 އެހައިކަންހާއިރު ސަލާމަތްކޮށްފައި ކަމަށާއި އެމީހާއަށް ބޭރުފުށުން އެއްވެސް އަނިޔާއެއް ވެފައި ނުވާކަމަށް ފުލުހުން ވަނީ ބުނެފައި އެވެ.

މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރީ ބަނގްލަދޭޝްއަށް ނިސްބަތްވާ އިޤްބާލް މިއާ (35އ) އެވެ.. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 30 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.

އިޤުބާލް މިއާ އަކީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުންދާ ފަރާތެކެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC