
-
ރަސްމީ ދަތުރުފުޅެއްގައި ރާއްޖޭގައި ފޮރިން މިނިސްޓަރު އަބްދުالله ހަލީލް ސްވިޓްޒަލޭންޑުގެ ޖެނީވާއަށް ވަޑައިގަންނަވައިފި އެވެ.

މިނިސްޓަރ ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މި ދަތުރުފުޅަކީ އދ އިންސާނީ ޙައްޤުތަކާބެހޭ މަޖިލިސް ނުވަތަ ހިއުމަން ރައިޓްސް ކައުންސިލްގެ މަތީ ފަންތީގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ. އެގޮތުން މިނިސްޓަރު ބައިވެރިވުމަށް ހަމަޖެހިފައިވަނީ ހިއުމަން ރައިޓްސް ކައުންސިލްގެ 61 ވަނަ ސެޝަންގެ މަތީ ފަންތީގެ ހަފުތާގައެވެ.
މިނިސްޓަރު ޚަލީލް ވިދާޅުވީ މި ދަތުރުގެ ތެރެއިން އިންސާނީ ޙައްޤުތައް ކުރިއެރުވުމަށާއި ރައްކާތެރިކަމަށް އެޅިދާނެ އިތުރު ފިޔަވަޅުތަކާ ބެހޭގޮތުން މަޝްވަރާކުރާނެ ކަމަށެވެ.
އަދި އެކި ޤައުމުތަކުގެ ވަޒީރުންނާ ބައްދަލުކޮށް ބިނާކުރަނިވި މަޝްވަރާތަކެއް ކުރުމަށް އުންމީދުކުރައްވާކަންވެސް ވަނީ ހާމަކުރައްވާފައި އެވެ.
ދިވެހިރާއްޖެއަކީ 2023-2025 ހިއުމަން ރައިޓްސް ކައުންސިލްގެ މެންބަރެކެވެ. މިއީ އެ ކައުންސިލްގެ މެންބަރުންކަން ރާއްޖެއިން އަދާކުރާ ތިންވަނަ ފަހަރެވެ. ހިއުމަން ރައިޓްސް ކައުންސިލަކީ އިންސާނީ ޙައްޤުތައް ހިމާޔަތްކުރުމަށް އެކި ޤައުމުތައް ގުޅިގެން މަސައްކަތް ކުރުމަށް އުފައްދާފައިވާ އދގެ ގޮތްޕެކެވެ.
ގުޅުންހުރި

ރަސްމީ ދަތުރުފުޅެއްގައި ފޮރިން މިނިސްޓަރު ޖެނީވާއަށް!

ވަރލްޑް ގަވަރމަންޓްސް ސަމިޓް 2026: ރާއްޖޭގެ ވަފުދުގެ އިސް ވެރިއަކަށް ޚާރިޖީ ވަޒީރު!
-1768927769896.webp&w=3840&q=75)
ރާއްޖެއިން ސީޝެލްސް އަށް ކަނޑައެޅުއްވި ނޮން-ރެޒިޑެންޓް ސަފީރުގެ ސަފީރުކަމުގެ ފަތްކޮޅު އަރުވައިފި

.gif&w=3840&q=75)



