logoEN
Sto top
ވަރލްޑް ގަވަރމަންޓްސް ސަމިޓް 2026:  ރާއްޖޭގެ ވަފުދުގެ އިސް ވެރިއަކަށް ޚާރިޖީ ވަޒީރު!

ވަރލްޑް ގަވަރމަންޓްސް ސަމިޓް 2026: ރާއްޖޭގެ ވަފުދުގެ އިސް ވެރިއަކަށް ޚާރިޖީ ވަޒީރު!

އަހުމަދު ޝުރާއު

logo

2/2/2026, 5:24:41 PM

# ފޮރިން މިނިސްޓްރީ

-

މިހިނގާ ފެބްރުވަރީ މަހުގެ 3 އިން 5 އަށް އެކުވެރި ޢަރަބި އިމާރާތް (ޔޫ.އޭ.އީ.) ގެ ދުބާއީގައި ބޭއްވުމަށް ހަމަޖެހިފައިވާ 'ވަރލްޑް ގަވަރމަންޓްސް ސަމިޓް 2026' ގައި ދިވެހި ވަފުދުގެ އެންމެ އިސްވެރިޔެއްގެ ގޮތުގައި ބައިވެރިވެވަޑައިގަތުމަށް، ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ދުބާއީ އަށް ފުރާވަޑައިގެންފިއެވެ.

Wamco

ވަރލްޑް ގަވަރންމަންޓްސް ސަމިޓަކީ ޔޫ.އޭ.އީ. ގެ ނާއިބު ރައީސް އަދި ބޮޑުވަޒީރު، ހިޒް ހައިނެސް މުޙައްމަދު ބިން ރާޝިދު އަލް މަކްތޫމްގެ އިސްނެންގެވުމުގެ މަތިން ކޮންމެ އަހަރަކު ބާއްވަމުން އަންނަ ބައިނަލްއަޤްވާމީ ބައްދަލުވުމެކެވެ. "ޝޭޕިންގ ފިއުޗަރަ ގަވަރންމަންޓްސް" މި ޝިޢާރުގެ ދަށުން ބާއްވާ މިއަހަރުގެ ސަމިޓުވެސް ވެގެންދާނީ ބައިނަލްއަޤްވާމީ ފެންވަރުގައި ގުޅުން ބަދަހިކުރުމަށް ވެގެންދާނެ ވަރަށް މުހިންމު ޕްލެޓްފޯމަކަށެވެ.

މިއަހަރުގެ ވަފުދުގައިވެސް ސަރުކާރުގެ އެކި މުއައްސަސާތަކުގެ އިސްވެރިން ހިމެނިވަޑައިގަތުމަކީ، ތަރައްޤީގެ އެކިއެކި ސިޔާސަތުތައް ބައްޓަންކުރުމާއި، ދެމެހެއްޓެނިވި ތަރައްޤީއާ ގުޅޭގޮތުން ކުރިއަށްދާ މަޝްވަރާތަކަށް ދިވެހިރާއްޖެއިން މެދުކެނޑުމެއްނެތި ދޭ އަހަންމިއްޔަތުކަން ހާމަވެގެންދާ ކަމެކެވެ.

މި ސަމިޓުގައި ދިވެހިރާއްޖެއިން ބައިވެރިވުމަކީ، ދިވެހިރާއްޖެއާއި ޔޫ.އޭ.އީ. އާދެމެދު އޮތް ޒަމާންވީ އަޙްވަންތަ ގުޅުން ރަމްޒުކޮށްދޭ ކަމެކެވެ. އަދި މިސަމިޓުގެ ސަބަބުން ދެޤައުމުގެ ދެމެދު ގުޅުން އިތުރަށް ބަދަހިކުރުމަށްޓަކައި ކުރެވިދާނެ ދާއިރާތަކާ ގުޅޭ ގޮތުން މަޝްވަރާކުރުމުގެ ފުރުޝަތު ފަހިވެގެންދާނެއެވެ.

ދިވެހިރާއްޖޭގެ ވަފުދުގައި، ދިވެހިރާއްޖެއިން ޔޫ.އޭ.އީ. އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަލްފާޟިލް މުޙައްމަދު ޙުސައިން ޝަރީފް، ސަފީރުގެ ނާއިބު އަލްފާޟިލް ޙައްސާން ވަޙީދު އަދި އެސިސްޓެންޓް ޑިރެކްޓަރ އަލްފާޟިލާ ޢައިޝަތް ލީން ފަޒީޙް ހިމެނިވަޑައިގަންނަވައެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC