logoEN
PNC TOP 3
ރައީސްގެ ޚާއްސަ އެންގެވުމަކާއިއެކު 31 އަހަރުގެ ދިގު ތާރީޚުގައި ފުރަތަމަ ފަހަރަށް ހުކުރު ދުވަހެއްގައި ތެލެސީމިއާ ސެންޓަރުން ލޭ އެޅުމުގެ ޚިދުމަތް ދީފި

ރައީސްގެ ޚާއްސަ އެންގެވުމަކާއިއެކު 31 އަހަރުގެ ދިގު ތާރީޚުގައި ފުރަތަމަ ފަހަރަށް ހުކުރު ދުވަހެއްގައި ތެލެސީމިއާ ސެންޓަރުން ލޭ އެޅުމުގެ ޚިދުމަތް ދީފި

އަހުމަދު ޝުރާއު

logo

2/22/2026, 11:14:31 AM

# ރައީސް މުއިއްޒު

-

ރައީސް ޑރ މުހައްމަދު މުއިއްޒުގެ ޚައްސަ އެންގެވުމަކާއިއެކު 31 އަހަރުގެ ދިގު ތާރީޚުގައި ފުރަތަމަ ފަހަރަށް ހުކުރު ދުވަހެއްގައި ތެލެސީމިއާ ސެންޓަރުން ލޭ އެޅުމުގެ ޚިދުމަތް ދީފި އެވެ.

PNC MID 2

މިކަން ހާމަކުރައްވައި ރައީސް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ 1994 ވަނަ އަހަރު ޑިސެމްބަރ 29 ވަނަ ދުވަހު ތެލަސީމިއާ ސެންޓަރު ހުޅުވިފަހުން، ފާއިތުވި 31 އަހަރުގެ ދިގު ތާރީޚުގައި ރަސްމީކޮށް ހުކުރު ދުވަހެއްގައި އެ ސެންޓަރު ހުޅުވައި ޚިދުމަތް ދީފައިނުވާ ކަމަށާއި ނަމަވެސް، 20 ފެބްރުވަރީ 2026 ވީ ހުކުރު ދުވަހުން ފެށިގެން، ކޮންމެ ހުކުރު ދުވަހެއްގައިވެސް ތެލަސީމިއާ ސެންޓަރު ހުޅުވައި، ލޭ އެޅުމުގެ ޚިދުމަތް ދޭން މިހާރު ފަށާފައިވާ ކަމަށެވެ.

އެގޮތުން 20 ފެބްރުއަރީ 2026 ވި ހުކުރު ދުވަހުވެސް ޖުމްލަ 14 ޓްރާންސްފިއުޝަން ހެދި 5 ފަރާތަކުން ލޭހަދިޔާކޮށްފައިވާކަން ރައީސް ވަނީ ހާމަކުރައްވާފައި އެވެ.

ރައީސް ވަނީ މި ރަމަޟާން މަސް ނިމުމުންވެސް ހުކުރު ދުވަހު، ވަކި ގަޑިތަކެއްގައި ލޭއެޅުމުގެ ޚިދުމަތް ކުރިޔަށް ގެންދެވޭނެކަން ހާމަކުރައްވާފައި އެވެ.

އަދި މީގެ ސަބަބުން އަތޮޅުތަކުން ހަފްތާ ބަންދުގައި މާލެ އައިސް ލޭ އަޅަން ބޭންުންވާ ފަރާތްތަކަށާއި، ލޭ ހަދިޔާކުރާ ފަރާތްތަކަށްވެސް ހުކުރު ދުވަހު ލޭ ހަދިޔާކުރަން އައުމަަށް ފަސޭހަވެގެންދާނެކަމަށް ރައީސްގެ ޕޯސްޓުގައި ވިދާޅުވިއެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC