logoEN
PNC TOP 3
ކައުންސިލް އިންތިހާބު: ޕީއެންސީގެ ޑޯޓުޑޯ ހަރަކާތުގައި ރައީސް މުއިއްޒު!

ކައުންސިލް އިންތިހާބު: ޕީއެންސީގެ ޑޯޓުޑޯ ހަރަކާތުގައި ރައީސް މުއިއްޒު!

އަހުމަދު ޝުރާއު

logo

2/19/2026, 10:57:09 AM

# ރައީސް މުއިއްޒު

-

ލޯކަލް ކައުންސިލް އިންތިޚާބުގައި ރައްޔިތުންގެ ތާއީދު ޕީއެންސީއަށް ހޯދުމަށް ކުރިއަށް ގެންދާ ޑޯޓުޑޯ ހަރަކާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގެންފި އެވެ.

PNC MID 2

ޕީއެންސީން މިއަދު ބުނީ މާފަންނު ހުޅަނގު ދާއިރާގެ ބައެއް ގޭގެއަށް މިއަދުގެ ޑޯޓުޑޯ ކެންޕޭނުގައި ރައީސުލްޖުމްހޫރިއްޔާ ޒިޔާރަތްކުރެއްވި ކަމަށާއި މިއަހަދުގެ ހަރަކާތުގައި އެމަނިކުފާނުގެ ބައިވެރިވެވަޑައިގެންނެވީ ޕާޓީގެ ލީޑަރުގެ ހައިސިއްޔަތުން ކަމަށެވެ.

ޑޯޓުޑޯ ހަރަކާތުގެ ތެރެއިން ރައީސުލްޖުމްހުރިއްޔާ ވަނީ މަގުމަތިން ގިނަ ޢަދަދެއްގެ ރައްޔިތުންނާއިވެސް ބައްދަލުކުރައްވާފައި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި، މިއަދުގެ ޑޯޓުޑޯ ހަރަކާތުގައި ދައުލަތުގެ ވަޒީރުންނާއި ޕީއެންސީގެ ލީޑަރޝިޕްގެ ބޭފުޅުން، އަދި ލޯކަލް ކައުންސިލް އިންތިޚާބުގައި ޕީއެންސީގެ ޓިކެޓުގައި މާލެ ސިޓީގެ މޭޔަރުކަމަށް ވާދަކުރައްވާ ކެންޑިޑޭޓް މޫސާ ޢަލީ ޖަލީލާއި، މާލެ ސިޓީ ކައުންސިލަށާއި އތމ ކޮމެޓީއަށް ވާދަކުރައްވާ ޕީއެންސީގެ ކެންޑިޑޭޓުންނާއި ރައްޔިތުން މަޖިލީހުގެ ޕީއެންސީ ޕާލަމެންޓްރީ ގުރޫޕުގެ ބައެއް މެންބަރުންވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC