
ޖެންޑަރ އީކުއަލިޓީ ސީލްއަށް އެދި ފޯމު ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި
# އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާ-
ވަޒީފާގެ މާހައުލުގައި މިންތީގެ ހަމަހަމަކަން ޤާއިމުކުރުމަށް މިންގަނޑުތައް ކަނޑައަޅާ، މި މިންގަނޑުތަކަށް ފެތޭ އިދާރާތަކުން ހަމަހަމަކަން ކަށަވަރު ނިޝާން (ޖެންޑަރ އީކުއަލިޓީ ސިލް) އަށް ފޯމު ހުށަހެޅުމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ހުޅުވާލާފައިވާ ސުންގަޑި އިތުރުކޮށްފިއެވެ.

ހަމަހަމަކަން ކަށަވަރު ނިޝާން ނުވަތަ ޖެންޑަރ އީކުއަލިޓީ ސިލްއަކީ ދައުލަތުގެ އިދާރާތަކާއި އަމިއްލަ ވިޔަފާރިތަކާއި ކުންފުނިތަކުގައި މިންތީގެ ހަމަހަމަކަމަށް ބާރުއެޅުމުގެގޮތުން، ޤައުމީ ފެންވަރުގައި އެކުލަވާލެވިފައިވާ ނިޝާނެކެވެ.
މިގޮތުން، ވަޒީފާގެ މާހައުލުގައި މިންތީގެ ހަމަހަމަކަން ޤާއިމުކުރުމަށް މިންގަނޑުތައް ކަނޑައަޅާ، މި މިންގަނޑުތަކަށް ފެތޭ އިދާރާތަކުން ހަމަހަމަކަން ކަށަވަރު ނިޝާން ހޯދުމަށް ހުށަހެޅުމަށް ފުރުޞަތު ހުޅުވާލަމެވެ. މި ނިޝާން ހުޅުވާލަނީ ތިން ލެވެލްއަކަށެވެ. މިއީ ބްރޮންޒް، ސިލްވަރ އަދި ގޯލްޑް ލެވެލްއެވެ.
އެޕްލިކޭޝަންތައް ހުށަހެޅުމަށް އެދޭ ފަރާތްތަކުން ގެޒެޓްގައިވާ ފޯމް މެދުވެރިކޮށް އެކަމާއި ގުޅޭ ލިއެކުއުންތަކާއި އެކު އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ އީމެއިލް އަށް މެއިލްކުރެއްވުމަށް އެވުޒާރާއިން އެދެއެވެ. އަދި ހަމަހަމަކަން ކަށަވަރު ނިޝާންގެ މިންގަނޑު އެވުޒާރާގެ ވެބްސައިޓް އިން ލިބެން ހުންނާނެއެވެ.
އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑިއަކީ 31 މާރިޗު 2026 ވާ އަންގާރަ ދުވަހުގެ 14:00 އެވެ.
ގެޒެޓް ލިންކް:
ގުޅުންހުރި

ޖެންޑަރ އީކުއަލިޓީ ސީލްއަށް އެދި ފޯމު ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި
-1770803001409.webp&w=3840&q=75)
ކޭސް ވޯކަރުންގެ ފަންނީ ގާބިލުކަން އިތުރުކުރުމުގެ ދެވަނަ ބެޗުގެ ތަމްރީން ޕްރޮގްރާމް ފަށައިފި

އިސްރަށްވެހިންނަށް ޚާއްސަކޮށްގެން ބާއްވާ ކާބޯތަކެތީގެ މައުރަޒު 'ރަހަފަތް' ފަށައިފި

.gif&w=3840&q=75)



