-1770803001409.webp&w=3840&q=75)
ކޭސް ވޯކަރުންގެ ފަންނީ ގާބިލުކަން އިތުރުކުރުމުގެ ދެވަނަ ބެޗުގެ ތަމްރީން ޕްރޮގްރާމް ފަށައިފި
# އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާ--
އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއާއި ޔޫ.އެން.ޑީ.ޕީ މޯލްޑިވްސް ގުޅިގެން، ކޭސް ވޯކަރުންގެ ފަންނީ ގާބިލުކަން އިތުރުކުރުމުގެ ދެވަނަ ބެޗުގެ ތަމްރީން ޕްރޮގްރާމް މިއަދު ފަށައިފިއެވެ.

މި މަހުގެ 10 އިން 12 އަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ތަމްރީން ޕްރޮގްރާމަކީ ގެވެށި އަނިޔާ އާއި ވަކި ޖިންސަކަށް ވީތީ ކުރެވޭ އަނިޔާތަކާ ގުޅޭ މައްސަލަތަކުގައި އަމަލުކުރާނެ ގޮތުގެ އުސޫލު (ޕްރޮސީޖަރ މެނުއަލް) ތަންފީޒުކުރުމަށް ބޭނުންވާ އަމަލީ ހުނަރުތައް ތަރައްގީކުރުމަށް ބާއްވާ ތަމްރީނެކެވެ.
ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ އާއި ޔޫ.އެން.އެފް.ޕީ.އޭ މޯލްޑިވްސްއާއި އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ވުޒާރާ ގުޅިގެން ފެށުނު މި މަސައްކަތުގެ މައިގަނޑު މަޤްޞަދަކީ، އަނިޔާ ލިބޭ ފަރާތްތަކުގެ ބޭނުންތަކަށް އިސްކަންދީގެން، ރައްކާތެރިކަމާއި ސިއްރުވެރިކަން ހިފެހެއްޓޭނެހެން، އަދި އަޚްލާޤީ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތިން ޚިދުމަތް ފޯރުކޮށްދޭނެ ފަރާތްތައް ބިނާކުރުމުގެ މަގު ފަހިކޮށްދިނުމެވެ.
އެގޮތުން، މި ޕްރޮގްރާމުގެ ޒަރީއާއިން، ގެވެށި އަނިޔާ، ބައިވެރިޔާގެ ފަރާތުން ލިބޭ އަނިޔާ އަދި ކުޑަކުދިންގެ ރައްކާތެރިކަމާ ގުޅޭ މައްސަލަތަކުގައި ކޭސް ވޯކަރުން ހަރަކާތްތެރިވާންޖެހޭ އެންމެ އެކަށީގެންވާ ގޮތްތަކާއި ގުޅޭ މަޢުލޫމާތު ބައިވެރިންނާއި ހިއްސާކުރެވިގެންދާނެއެވެ. މީގެ އިތުރުން، އަނިޔާ ލިބޭ ފަރާތްތަކުގެ ދުޅަހެޔޮކަން ކަށަވަރުކޮށް، އެފަރާތްތަކަށް ބޭނުންވާ އެހީތެރިކަން އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށްދިނުމުގެ ގާބިލުކަން އިތުރުކުރާނެ ގޮތްތައް ވެސް މި ޕްރޮގްރާމުގެ ތެރެއިން ބައިވެރިންނަށް ދަސްކޮށްދެވިގެންދާނެއެވެ.
ގުޅުންހުރި
-1770803001409.webp&w=3840&q=75)
ކޭސް ވޯކަރުންގެ ފަންނީ ގާބިލުކަން އިތުރުކުރުމުގެ ދެވަނަ ބެޗުގެ ތަމްރީން ޕްރޮގްރާމް ފަށައިފި

އިސްރަށްވެހިންނަށް ޚާއްސަކޮށްގެން ބާއްވާ ކާބޯތަކެތީގެ މައުރަޒު 'ރަހަފަތް' ފަށައިފި

ނާދީތަކަކީ އިސްރަށްވެހިންނަށް އުފާވެރިކަން ގެނެސްދޭ މަރުކަޒުތަކެއް: ޒުހުރުބާން





