logoEN
PNC TOP 3
މަގުމަތީގެ ރައްކާތެރިކަމަށް ހޭލުންތެރިކުރުމުގެ ހަރަކާތެއް ހުޅުމާލޭގައި ކުރިއަށް ގެންގޮސްފި

މަގުމަތީގެ ރައްކާތެރިކަމަށް ހޭލުންތެރިކުރުމުގެ ހަރަކާތެއް ހުޅުމާލޭގައި ކުރިއަށް ގެންގޮސްފި

އަހުމަދު ޝުރާއު

logo

2/19/2026, 11:01:07 AM

# ދިވެހި ފުލުހުންގެ ޙިދުމަތް

-

ރަމަޟާންމަހާ ދިމާކޮށް މަގުމަތީގެ ރައްކާތެރިކަމަށް ހޭލުންތެރިކުރުމުގެ ހަރަކާތެއް ހުޅުމާލޭގައި ކުރިއަށް ގެންގޮސްފިއެވެ.

PNC MID 2

މި ފެބުރުވަރީ މަހުގެ 16 ވަނަ ދުވަހު ހުޅުމާލޭ ފުލުހުން އެކި ސަރަހައްދުތަކުގައި ކުރިއަށް ގެންދިޔަ މި ހަރަކާތަކީ، ކޮންމެ އަހަރަކު ވެސް ރަމަޟާން މަހަކީ މަގުމަތީގެ ދަތުރުތައް ގިނަވެ އެކްސިޑެންޓުތައް ވެސް ގިނަވާ ދުވަސްވަރެއް ކަމަށް ވާތީ ދުރާލާ އެކަމަށް ހޭލުންތެރިކޮށް ގާނޫނާއި ގަވާއިދުތަކަށް އަހުލުވެރިކުރުމުގެ ގޮތުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ސިލްސިލާ ހަރަކާތްތަކުގެ ތެރެއިން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.

މި ހަރަކާތުގައި ހުޅުމާލޭގައި މީހުން ގިނައިން އެއްވެ އުޅޭ ސަރަހައްދުތަކުގައި ސައުންޑް ސިސްޓަމް ބޭނުންކޮށްގެން ކަމާބެހޭ މެސެޖުތައް އިއްވުމުގެ އިތުރުން އާންމުންނާ ބައްދަލުކޮށްގެން ވާހަކަދައްކައި ހޭލުންތެރިކުރުވާފައިވެއެވެ. މިގޮތުން، އެއްގަމު އުޅަނދު ދުއްވަން ކަނޑައަޅާފައިވާ ދުވެލީގައި ދުއްވަން އާދަކުރުމަށާއި ހިނގާބިގާވެ އުޅޭ މީހުން ވެސް ދުއްވާ އެއްޗިއްސަށް ސަމާލުވުމަށާއި ކަފިހިހުރަސް ބޭނުންކުރަންވާ ގޮތުގެ އިރުޝާދުތަކާއި ބުރު ވަށައިގެން ދުއްވާއިރު ވިސްނަންޖެހޭ ކަންކަން ފަދަ މަގުމަތީގެ ރައްކާތެރިކަމާ ގުޅޭ ގިނާ މެސެޖުތަކެއް ދީފައިވެއެވެ.

މި ހަރަކާތް ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެއެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC