logoEN
PNC TOP 3
ބަންގްލަދޭޝަށް ކުރެވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް ރާއްޖެ ވަޑައިގެންފި

ބަންގްލަދޭޝަށް ކުރެވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް ރާއްޖެ ވަޑައިގެންފި

އަހުމަދު ޝުރާއު

logo

2/18/2026, 11:09:41 AM

# ރައީސް މުއިއްޒު

-

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބަންގްލަދޭޝްއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރާއްޖެ ވަޑައިގެންފި އެވެ.

PNC MID 2

ޕީޕަލްސް ރިޕަބްލިކް އޮފް ބަންގްލަދޭޝްގެ އިންޓަރިމް ސަރުކާރުގެ ޗީފް އެޑްވައިޒަރު، ހިޒް އެކްސެލެންސީ ޑޮކްޓަރ މުޙައްމަދު ޔޫނުސްގެ ދަޢުވަތަކަށް ރައީސް ކުރެއްވި މިދަތުރުފުޅަކީ، އެ ޤައުމުގެ އައު ސަރުކާރު ހުވާކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ދަތުރުފުޅެކެވެ.

ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު އޮތީ މިމަހުގެ 17 ވަނަ ދުވަހު އެވެ. އެރަސްމިއްޔާތަށް ފަހު ރައީސް ވަނީ ބަންގްލަދޭޝްގެ އައު ބޮޑުވަޒީރު ހިޒް އެކްސެލެންސީ ތާރިޤް ރަޙްމާނާއި ބައްދަލުކުރައްވާފައި އެވެ.

ދިވެހިރާއްޖެއާއި ބަންގްލަދޭޝް އާއި ދެމެދު ޚާރިޖީ ގުޅުން ގާއިމުކުރެވުނީ 22 ސެޕްޓެންބަރު 1978 ގައެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC