
-
މާލޭ ނޯތު ހާބަރ ސަރަހައްދު މިރޭ ކަނޑު އުޅަނދުފަހަރަށް ހުޅުވާލަން ނިންމައިފި އެވެ.

މޯލްޑިވްސް ޕޯޓްސް ލިމިޓެޑުން މިއަދު ބުނީ މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނުމަގު ފުޅާކޮށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތް ކުރުމަށް ހުސްކޮށްފައިވާ މާލޭ ނޯތު ހާބަރ ސަރަހައްދު މުދަލާއި ޕަސެންޖަރުން އުފުލާ ކަނޑު އުޅަނދު ފަހަރާއި މަސް އޮޑި ފަހަރަށް މިރޭ ހުޅުވާލަން ތައްޔާރުވެފައިވާ ކަމަށެވެ.
އެގޮތުން އެސަރަހައްދު ހުޅުވާލާނީ މިރޭ 23:00 އިން ފެށިގެންނެވެ.
އެމްޕީއެލުން ބުނީ މި ސަރަހައްދުގައި ބަނދަރުކުރެވޭނީ މާލޭ ނޯތު ހާބަރުގައި އަމަލުކުރާ އުސޫލުތަކާއި ގަވާއިދުތަކަށް ފެތޭ އުޅަނދުފަހަރަށް އެކަނިކަމަށެވެ.
މިސަރުކާރުން ކުރިޔަށްގެންދާ މަގު ހެދުމުގެ ބިޔަ މި މަޝްރޫއުގެ ދަށުން ބޮޑުތަކުރުފާނު މަގުގެ ސެގްމެންޓް ދޭއްގެ މަސައްކަތަށް ނޯތް ހާބަރު ސަރަހައްދުގައި އަޅާފައި ހުރި އުޅަނދުތައް ހުސްކޮށްފައިވަނީ މީގެ މަހެއް ކުރިންނެވެ. އެގޮތުން އެސެގްމެންޓުގެ މަސައްކަތް އެއްކޮށް ނިންމައި މިހާރު އާންމު ޓްރެފިކަށްވެސް އެސަރަހައްދު ވަނީ މި ހަފްތާގެ ކުރީކޮޅު ރަސްމީކޮށް ހުޅުވާލާފައި އެވެ.
މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނުމަގު ޒަމާނީ ފެންވަރަށް ހެދުމުގެ އަމަލީ މަސައްކަތް ފެށީ އޮގަސްޓް މަހުގެ 22 ވަނަ ދުވަހެވެ. ތިން ސެގްމަންޓަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މަސައްކަތުގެ ދަށުން 830 މީޓަރުގެ މަގެއް ހަދާއިރު 737 މީޓަރުގެ ސަރަހައްދެއްގައި ޝީޓް ޕައިލް މަސައްކަތް ކުރާނެއެވެ. އަދ،ި ތާރު އަޅައި ސަބްބޭސް ތައްޔާރު ކުރުމާއ،ި ހިނގާ މީހުންނަށް ވަކި ލޭނެއް ގާއިމުކުރުމާއ،ި ފެންހިންދާ ނިޒާމެއްވެސް ގާއިމު ކުރެވޭނެއެވެ.
.gif&w=3840&q=75)



