logoEN
PNC TOP 3
ހަނދު ފެނިއްޖެ، މާދަމާ އަކީ މުލަ ރޯދަ ދުވަސް!

ހަނދު ފެނިއްޖެ، މާދަމާ އަކީ މުލަ ރޯދަ ދުވަސް!

# ހަނދު ސާބިތުކުރުން

--

18 ފެބުރުއަރީ 2026 ވާ ބުދަ ދުވަހަކީ 1447 ވަނަ އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަސް ކަމަށް އިސްލާމިކް މިނިސްޓްރީން ކަނޑައަޅައިފި އެވެ.

PNC MID 2

ހަނދު ސާބިތުކުރުމަށް އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި މިރޭ ބޭއްވި ބައްދަލުވުމުގައި ރޯދަމަހުގެ ހަނދާ ބެހޭ ގަރާރުގައި ބުނީ މިއަދު އިރުއޮއްސުނު ވަގުތު ރާއްޖެ އާއި އިސްލާމީ ބައެއް ގައުމުތަކަށް ހަނދު ފެންމަތީގައި ހުންނާނެ ކަމަށް އިތުބާރު ހުރި ފަލަކީ ހިސާބުތަކުން ކަށަވަރުވެފައިވާތީ އާއި ބައެއް އިސްލާމީ ގައުމުތަކަށް މި އަހަރުގެ ރޯދަ މަހުގެ ހަނދުނު ފެނުނު ކަމަށް އިތުބާރު ހުރި މަސްދަރުތަކުން ކަށަވަރުވެފައިވާ ކަމަށެވެ.

އެހެންވެ، ހަނދު ސާބިތުކުރުމުގައި ރާއްޖެ އިން އަމަލުކުރާ އުސޫލުގެ ދަށުން މާދަމާއަކީ މުލަ ރޯދަ ދުވަސް ކަމަށް ކަނޑައަޅާފައިވާ ކަމަށް އެ ގަރާރުގައި ބުނެފައިވެއެވެ. މީލާދީ ކަލަންޑަރުގައި ލަފާކޮށްފައި އޮތް ގޮތުން ވެސް މުލަ ރޯދަ ދުވަހަކީ ފެބްރުއަރީ 18، އެވެ.

ރޯދަ މަހުގެ ހަނދު ސާބިތުވެއްޖެ ކަމަށް ސައޫދީ އަރަބިއްޔާއިން ވެސް މިހާރު ވަނީ ކަނޑައަޅައިފަ އެވެ. އަދި ދުނިޔޭގެ ވަރަށް ގިނަ އެހެން އިސްލާމީ ގައުމުތަކަށް ވެސް މިރޭ ވަނީ ހަނދު ފެނިފަ އެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC