logoEN
PNC TOP 3
އޮފީސްތަކުގެ ޤުރުއާން މުބާރާތް މި މަހު 22 ގައި ފަށަނީ

އޮފީސްތަކުގެ ޤުރުއާން މުބާރާތް މި މަހު 22 ގައި ފަށަނީ

އަހުމަދު ޝުރާއު

logo

2/17/2026, 9:22:35 AM

# އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ

-

ރަމަޟާން މަހާއި ދިމާކޮށް ކުރިއަށް ގެންދާ އޮފީސްތަކުގެ ޤުރުއާން މުބާރާތް މި މަހު 22 ގައި ފެށުމަށް ތައްޔާރުވެއްޖެއެވެ.

PNC MID 2

އޮފީސްތަކުގެ ޤުރުއާން މުބާރާތަކީ، އޮފީސްތަކުގެ މުވައްޒަފުންގެ މެދުގައި ކީރިތި ޤުރްއާން ކިޔެވުމަށް ލޯބިޖެއްސުމާއި، ވާދަވެރި މާހައުލެއްގައި ކީރިތި ޤުރުއާން ކިޔެވުމަށް ލޯބިޖެއްސުމަށް ހިތްވަރު ދިނުމުގެ ގޮތުން، 2016 ވަނަ އަހަރުން ފެށިގެން އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން ރަމަޟާން މަހު ބާއްވަމުން އަންނަ މުބާރާތެކެވެ.

މިއަހަރުގެ މުބާރާތުގައި 21 އިދާރާއަކުން 71 ބައިވެރިން ވާދަކުރެއެވެ.

މުބާރާތުގެ ކިޔެވުން ކިޔެވުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ސަލްމާން ރަސްގެފާނު މިސްކިތުގެ ހޯލުގައެވެ. އަދި މިދިޔަ އަހަރުން ފެށިގެން މި މުބާރާތް އިންތިޒާމު ކުރަމުން އަންނަނީ ކީރިތި ޤުރްއާނާ ބެހޭ މަރުކަޒުންނެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC