logoEN
PNC TOP 3
ސްޕޯޓްސް އެވޯޑް: ކުޅިވަރަށް ޚިދުމަތްކުރުމުގެ ޚާއްސަ އެވޯޑް ސާއިދުއަށް

ސްޕޯޓްސް އެވޯޑް: ކުޅިވަރަށް ޚިދުމަތްކުރުމުގެ ޚާއްސަ އެވޯޑް ސާއިދުއަށް

ހަސަން ޝަމްއޫން

logo

2/15/2026, 8:15:15 PM

# ދިވެހި ކުޅިވަރު # މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް

ސާއިދު އަހުމަދު.. ފޮޓޯ: ގާފު ސްޕޯޓްސް/ އަހުމަދު ރީހާން

މިރޭ ބޭއްވި "މޯލްޑިވްސް ސްޕޯޓްސް އެވޯޑު 2025"ގެ އެވޯޑް ހަފްލާގައި ކުޅިވަރަށް ޚިދުމަތްކުރުމުގެ ދާއިރާ އިން ޚާއްސަ އެވޯޑް، ކުޅިވަރު ނޫސްވެރިޔާ ސާއިދު އަހުމަދަށް ލިބިއްޖެއެވެ.

PNC MID 2

ޒުވާނުންގެ މަރުކަޒުގައި މިރޭ ބޭއްވި ސްޕޯޓްސް އެވޯޑް ހަފްލާގައި ސާއިދުމަށް މި އެވޯޑް ހަވާލުކޮށްދެއްވީ ކުޅިވަރާއި ބެހޭ ވަޒީރު ޢަބްދުﷲ ރާފިއުއެވެ.

2009 ވަނަ އަހަރުން ފެށިގެން ކުޅިވަރު ނޫސްވެރިއެއްގެ ގޮތުގައި ހަރަކާތްތެރިވަމުން އަންނަ ސާއިދުއަކީ ކުޅިވަރުގެ ދާއިރާ އިން ޚަބަރާއި މައުލޫމާތު ފޯރުކޮށްދިނުމުގެ އިތުރުން ތަފާތު އެކި ކުޅިވަރުތަކުގެ ކޮމެންޓްރީ ގެނެސްދިނުމުގައި އާންމުންގެ ބޮޑު މަގުބޫލިކަމެއް ހޯދާފައިވާ ހުނަރުވެރި ޒުވާނެކެވެ.

ސާއިދުގެ ދެ ކިޑްނީ ފެއިލްވެ ޤަވައިދުން ޑައިލިސިސް ހަދަން ޖެހުނު ނަމަވެސް އޭނާ އަންނަނީ، ކުރިއެކޭ އެއްގޮތަށް ކުޅިވަރުގެ ހަބަރުތައް އާއްމުނަށް ގެނެސްދިނުމަށް ވަރުބަލިކަމެއްނެތި މަސައްކަތްކުރަމުންނެވެ. ކުޅިވަރު ހަބަރުތައް ގެނެސްދިނުމުގައި 16 އަހަރު ހޭދަކޮށްފައިވާ ސާއިދު ވަނީ ރާއްޖެ އާއި ރާއްޖެއިން ބޭރުގައި ބޭއްވުނު ގިނަ ކުޅިވަރު މުބާރާތްތަކެއްގެ ހަބަރުތައް ގެނެސްދީފައެވެ. އަދި މިފަހަރުގެ ސްޕޯޓްސް އެވޯޑްގައި ސާއިދުއަށް ސްޕެޝަލް ރިކޮގްނިޝަން އެވޯޑް ލިބިފައިވަނީ، ކުރިމަތިވި ބަލިހާލަތާއެކުގައި ވެސް ކުޅިވަރަށް ހިދުމަތްކުރުމުގައި ދެމިހުރީތީއެވެ.

ސާއިދުގެ ނޫސްވެރިކަމުގެ ކުރީކޮޅު ސަން އެފްއެމްގައި ވެސް މަސައްކަތްކޮށްފައިވާއިރު، މިހާރު މަސައްކަތްކުރަމުން އަންނަނީ ޕަބްލިކް ސާވިސް މީޑިއާގެ (ޕީއެސްއެމް) ސްޕޯޓްސްގައެވެ. އަދި ފާއިތުވެދިޔަ 13 އަހަރު ކުޅިވަރު ކޮމެންޓްރީ ދެމެން އަންނަނީ އެއްވެސް އަގަކާއިނުލައެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC