
އުމެއިރު ފަދަ ހުނަރުވެރި ކުދިންގެ ހައްގުތަކަށް އަރައިގަތުމަކީ މިނިވަން ނޫސްވެރިކަމެއް ނޫން - އަލީ އާރިފް
# އަލީ އާރިފް-
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ދަރިކަލުން ، އުމެއިރު ފަދަ ހުނަރުވެރި ކުދިންގެ ހައްގުތަކަށް އަރައިގަތުމަކީ މިނިވަން ނޫސްވެރިކަމެއް ނޫން ކަމަށް ރައީސް އޮފީހުގެ މިނިސްޓާ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް ފޯ ޕްރެޒިޑެންޝަލް އެފެއާޒް އަލީ އާރިފް ވިދާޅުވެއްޖެއެވެ.

އަލީ އާރިފް މިހެން ވިދާޅުވީ، މޯލްޑިވްސް ސްޕޯޓްސް އެވޯޑް 2025 ގެ އެންމެ މޮޅު ފިރިހެން ޓޭބަލްޓެނިސް ތިން ކުޅުންތެރިންގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ދަރިކަލުން އުމެއިރު މުހައްމަދު މުއިއްޒު ނޮމިނޭޓްވުމުން ގިނަ ބަޔެއްގެ ފާޑުކިޔުން އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.
އަލީ އާރިފް ވަނީ، ސްޕޯޓްސް އެވޯޑަށް އުމެއިރު ނޮމިނޭޓްވުން ކުށަކަށް ވީ ވަކި މީހެއްގެ ދަރިއަކަށްވީތީތޯ ސުވާލު އުފައްދާފައެވެ. އަދި ނޮމިނޭޓްވި އެހެން ކުދިންގެ ތެރޭގައިވެސް ސިޔާސީ ބޭފުޅުންގެ ދަރިންތައްވެސް ހިމެނޭކަން އަލީ އާރިފް ވަނީ ފާހަގަކޮށްފައެވެ. އަދި އެކުދިން ނޮމިނޭޓްވީ އެއީ ހުނަރުވެރި ކުދިންނަށްވުމުން ކަމަށާއި، އެކުދިންގެ ހައްގުތަކަށް އަރައިގަތުމަކީ މިނިވަން ނޫސްވެރިކަމެއް ނޫން ކަމަށްވެސް އާރިފް ވިދާޅުވި އެވެ.
އެއީ ފާޅުގައި އެކުދިންގެ ހައްގުތަކަށް އަރައިގަތުން - އަލީ އާރިފް
މޯލްޑިވްސް ސްޕޯޓްސް އެވޯޑް 2025 އަށް ނޮމިނޭޓްވަނީ 2024 ވަނަ އަހަރުގައި ކޮންމެ ކުޅިވަރު އެސޯސިއޭޝަނަކުންވެސް އެންމެ ރަނގަޅަށް ޕާފޯމް ކުރާ އެތުލީޓުންނެވެ. މިކަމާއި ގުޅިގެން ޓޭބަލް ޓެނިސް އެސޯސިއޭޝަނުން ބުނެފައިވަނީ ނޮމިނޭޝަނަށް ފޮނުވި އެތުލީޓުންނަކީ 2024ވަނަ އަހަރުގެ ޕާފޮމެންސަށް ބަލައި ނޮމިނޭޓްކޮށްފައިވާ އެތުލީޓުންނެވެ.
.gif&w=3840&q=75)




