logoEN
Sto top
އިދިކޮޅުން ސަރުކާރު ޖަވާބުދާރީ ކުރޭތޯ ބަލާކަށް ރައީސް ނުހުންނަވާނެ، އެމަނިކުފާނު އަމިއްލަފުޅަށްވެސް އެކަން އެގެންދަވަނީ ކުރައްވަމުން - އަލީ އާރިފް

އިދިކޮޅުން ސަރުކާރު ޖަވާބުދާރީ ކުރޭތޯ ބަލާކަށް ރައީސް ނުހުންނަވާނެ، އެމަނިކުފާނު އަމިއްލަފުޅަށްވެސް އެކަން އެގެންދަވަނީ ކުރައްވަމުން - އަލީ އާރިފް

އަހުމަދު ޝުރާއު

logo

2/11/2026, 4:51:16 AM

# އަލީ އާރިފް

-

ސަރުކާރު ޖަވާބުދާރީ ކުރުމަށްކަމަށްބުނެ އިދިކޮޅުން ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓު ހޯދުމަށް ކުރަމުންދާ މަސައްކަތަށް ރައީސް އޮފީހުގެ މިނިސްޓާ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް ފޯ ޕްރެޒިޑެންޝަލް އެފެއާޒް އަލީ އާރިފް ފާޑުވިދާޅުވެއްޖެ އެވެ.

Wamco

ކައުންސިލް އިންތިހާބަށް ވޯޓު ހޯދުމަށް ސަރުކާރާއި ދެކޮޅު ޕާޓީތަކުން އެންމެ ބޮޑަށް ބޭނުންކުރަމުން އަންނަ އެއް ވާހަކައަކީ ސަރުކާރު ޖަވާބުދާރީ ކުރުމަށް އިންތިހާބުގައި އިދިކޮޅަށް ބޮޑު އަގުލަބިއްޔަތެއް ބޭނުންވާ ކަމަށެވެ.

މިކަމަށް ފާޑުވިދާޅުވެ އަލީ އާރިފް ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސަރުކާރު ޖަވާބުދާރީ ކުރުވަން ވޯޓެއް ދޭން އިދިކޮޅުން ބުނަމުންދިޔަނަމަވެސް އެހެން މީހަކު އެކަން ކުރޭތޯ ބަލާކަށް ރައީސް މުއިއްޒު މަޑެއް ނުކުރައްވާނެ ކަމަށެވެ. އެގޮތުން ވަޒީރުންނާއި ކުންފުނިތަކުގެ އެމްޑީންނާއިއެކު ރާއްޖޭގެ ހުރިހާ ރައްޔިތުންގެ ގާތަށް ސީދާ ވަޑައިގެން ރައްޔިތުންގެ ދަރުބާރުގައި ރައީސް މުއިއްޒު އަމިއްލަފުޅަށް މި ސަރުކާރު ޖަވާބުދާރީ ކުރައްވަމުން ގެންދަވާ ކަމަށް އާރިފް ވިދާޅުވިއެވެ.

View post on Twitter

" މިހާރު ވެސް ސިލްސިލާ ގޮތެއްގައި ރައްޔިތުންގެ އެކި ފަންތީގެ އެކި ގިންތީގެ ގާތަށް ރައީސް އަމިއްލަފުޅަށް ވަޑައިގެން ޖަވާބުދާރީވެވަޑައިގަންނަވަމުން އެ ގެންދަވަނީ." އާރިފް ވިދާޅުވިއެވެ.

އާރިފް ވަނީ ރައްޔިތުންގެ އުދާސްތައް އަޑުއެއްސެވުމަށް ރައީސް ވަޑައިގަންނަވަނީ މަދު ބަޔެއްގެ ގާތަށް ދިޔުމުގެ ބަދަލުގައި ސީދާ ރައްޔިތުންގެ ދަރުބާރަށް ކަމުގައިވެސް ފާހަގަކުރައްވާފައި އެވެ.

އޭޕްރިލް މަހުގެ ފުރަތަމަ ހަފްތާ ބަންދުގައި ބާއްވާ ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބަށް މިއަހަރު ރާއްޖޭގެ ރެކޯޑު އަދަދަކަށް ވެރިކަން ކުރާ ޕީއެންސީން ކެނޑިޑޭޓުން ނެރެފައިވާއިރު މުޅި ރާއްޖޭގައިވެސް އެޕާޓީން މިހާރު ވަނީ ކެމްޕެއިން ފަށާފައި އެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC