logoEN
Sto top
މަރުވި ދެ ގައިދީންގެ ހަށިގަނޑުގެ އޮޓޮޕްސީ ހެދުމަށްޓަކައި އިންޑިއާއަށް!

މަރުވި ދެ ގައިދީންގެ ހަށިގަނޑުގެ އޮޓޮޕްސީ ހެދުމަށްޓަކައި އިންޑިއާއަށް!

އަހުމަދު ޝުރާއު

logo

2/12/2026, 7:28:20 AM

# މޯލްޑިވްސް ކަރެކްޝަނަލް ސާވިސް

-

މި ހިނގާ ފެބްރުއަރީ މަހުގެ 2 ވަނަ ދުވަހު މަރުވި ދެ ގައިދީންގެ މަރުގެ ތަހުގީގަށް ހަށިގަނޑުގެ އޮޓޮޕްސީ ހެދުމަށްޓަކައި އިންޑިއާއަށް ފޮނުވައިފި އެވެ.

Wamco

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް)ގެ ހުޅުމާލޭ ޖަލުގައި ޙުކުމް ތަންފީޛު ކުރަމުންދަނިކޮށް ނިޔާވީ ދަފްތަރު ނރ. 439 / އިބްރާހިމް ސުޙެއިލް (53އ) އާއި ސ. ހިތަދޫ، ދިއްގާގަސްދޮށުގެ / ޙަސަން ނިޔާޒް (45އ) އެވެ.

އެދެމީހުންގެ ތެރެއިން އިބްރާހިމް ސުހެއިލް ނިޔާވީ ސިއްޙީ ހާލު ދެރަވުމުން އައިޖީއެމްއެޗްގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން ގެންދާތާ ހަފްތާއެއް ވެފައިވަނިކޮށް ނިއުމޯނިއާ ޖެހިގެން، އެދުވަހުގެ 9:05 ހާއިރުގައެވެ. އޭނާއަކީ 2025 ގައި ސްޓްރޯކެއް ޖެހިގެން، އެކަމަށް ފަރުވާ ހޯދަމުން އައިމީހެކެވެ.

އެދުވަހު ދެން ނިޔާވި ހަސަން ނިޔާޒުއަކީ ޅުމާލޭ ޖަލުގައި ދިގު ހުކުމެއް ތަންފީޒުކުރަމުންދިޔަ މީހެކެވެ. ކަރެކްޝަންސްއިން އެދުވަހު ބުނީ މެންދުރު ފަހު އޭނާ އަށް ކުއްލި މެޑިކަލް އެމަރޖެންސީއެއް ދިމާވެ، ހުޅުމާލޭ ހޮސްޕިޓަލަށް އަވަސް ފަރުވާއަށް 13:30 ގެންދެވި، އަވަސް ފަރުވާ ދޭން ފެށި ކަމަށާއި ނަމަވެސް 14:05 ގައި އޭނާ ނިޔާވި ކަމަށް ޑޮކްޓަރުން އަންގާފައިވާ ކަމަށެވެ.

މިދެމީހުންގެ މަރާއި ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ އެދެމީހުންގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށްޓަކައި އިއްޔެގެ ވަގުތެއްގައި އިންޑިއާއަށް ފޮނުވާލާފައިވާ ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް އަދި މިހާތަނަށް ފުލުހުން ހާމަކޮށްފައި ނުވެއެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC