logoEN
Sto top
މިއަހަރު 31 ޙާފިޡުން ދަސްވެނިވާނެ، މިއީ މިހާތަނަށް އެންމެ ގިނަ ޢަދަދަކަށް ޙާފިޡުން ދަސްވެނިވާ އަހަރު!

މިއަހަރު 31 ޙާފިޡުން ދަސްވެނިވާނެ، މިއީ މިހާތަނަށް އެންމެ ގިނަ ޢަދަދަކަށް ޙާފިޡުން ދަސްވެނިވާ އަހަރު!

އަހުމަދު ޝުރާއު

logo

2/11/2026, 12:09:24 PM

# އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ

-

މި ރަމަޟާން މަހު ބޭއްވުމަށް ހަމަޖެހިފައިވާ ޙާފިޡުންގެ ދަސްވެނިވުމުގެ ޝަރަފްވެރި ޙަފްލާގައި 31 ޙާފިޡުން ދަސްވެނިވާނެކަމަށް އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

Wamco

މިއަހަރުގެ ޙާފިޡުންގެ ދަސްވެނިވުމުގެ ޙަފްލާގެ އެންމެހާ ކަންކަމެއް މިހާރު ފުރިހަމަ ކުރެވިފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވީ، ރާއްޖޭގައި ހަދާ ޙާފިޡުކަމުގެ އިމްތިހާނަކީ ވަރަށް އިތުބާރު ހުރި ގޮތަކަށް ކުރިއަށް ގެންދެވޭ އިމްތިޙާނެއްކަމަށާއި ޙާފިޒުން އިމްތިހާން ކުރާ ކޮމިޓީތަކުގައި މެންބަރުންނަށް ތިއްބަވަނީ ތަޖުރިބާކާރު ޙާފިޡުންކަމަށެވެ. އަދި ދަރިވަރުގެ އިމްތިޙާން ކުރިއަށްދާ ގޮތަކީ ކޮންމެ ދުވަހަކު މަދުވެގެން 1 ފޮތް ހިތުން ކިޔައިދީ މުޅި ޤުރުއާން އެއްކޮށް ހިތުން ކިޔައިދީ ނިންމުންކަމަށާއި ބައެއް ދަރިވަރުން 2 ފޮތް ވެސް ކިޔައިދެމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ.

މީގެ އިތުރުން މިވަގުތު މާލެގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒާއި އިސްލާމީ ޔުނިވަރސިޓީގައި ޙިފްޡު ކޮމިޓީއެއް ކަނޑައެޅިފައިވާކަމަށާއި، މީގެ އިތުރުން ފުވައްމުލައް ސިޓީއާއި އައްޑޫ ސިޓީގައި ވެސް ކޮމިޓީއެއް ކަނޑައެޅިފައި އޮންނަކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ. އަދި ޅ. އަތޮޅުގައިވެސް ޙާފިޡުންގެ އިމްތިޙާން ކުރިއަށް ގެންދިއުމަށް ކޮމިޓީއެއް އެކުލަވާލުމުގެ މަސައްކަތް މިއަހަރު ތެރޭގައި ކުރެވޭނެކަމަށް ވަޒީރު ވިދާޅުވިއެވެ. ޅ. އަތޮޅުގައި ޙިފްޡު ކޮމިޓީއެއް އެކުލަވާލަން ނިންމާފައިވަނީ މާލެ ސިޓީ، އައްޑޫ ސިޓީ އަދި ފުވައްމުލައް ސިޓީ ފިޔަވާ އެންމެ ގިނަ އަދަދަކުން ޙާފިޡުން އުފެދެމުން އަންނަނީ ނައިފަރުގައިކަމަށްވާތީކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވީ، ރާއްޖޭގައި ޙާފިޡުންގެ އަދަދު އިތުރު ކުރުމަށް ރައީސުލްޖުމުހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ވަރަށް ޚާއްޞަ އިސްކަމެއް ދެއްވަވާކަމަށާއި ރާއްޖެ މިއަދު ދެކެމުން މިދަނީ ﷲ ގެ ހެޔޮ ރަޙުމަތުން މިދާއިރާއިން ހެޔޮ ދުވަސްތަކެއްކަމަށެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC