logoEN
Sto top
ރައީސް އިއުލާނުކުރެއްވި ގޮތަށް ގޯތި ލިބޭ އިތުރު 2 ކެޓަގަރީގެ އުސޫލު ރޯދައިގެ ކުރީން އާންމުކޮށް އަންނަ މަހު ކުރީކޮޅު ކުރިމަތިލާން ހުޅުވާލަނީ

ރައީސް އިއުލާނުކުރެއްވި ގޮތަށް ގޯތި ލިބޭ އިތުރު 2 ކެޓަގަރީގެ އުސޫލު ރޯދައިގެ ކުރީން އާންމުކޮށް އަންނަ މަހު ކުރީކޮޅު ކުރިމަތިލާން ހުޅުވާލަނީ

އަހުމަދު ޝުރާއު

logo

2/11/2026, 11:36:57 AM

# އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާ

-

އަނބިމީހާ ނުވަތަ ފިރިމީހާގެ ނަމުގައި އަމިއްލަ ބޯހިޔާވަހިކަމެއް އޮތް ނަމަވެސް، ގޯއްޗަށް ކުރިމަތިލިވޭނެ ކެޓަގަރީއަކާއި އަދި ބިންވެރިޔާ ސްކީމުން ޖޮއިންޓްކޮށް ގޯތި ލިބުނު މީހުންނަށް، އެންމެން ބިން ދޫކޮށްލާގޮތަށް ވަކިން ހުށައެޅޭނެ ކެޓަގަރީ ތައާރަފްކޮށް "ބޯހިޔާވަހިކަން އެންމެނަށް" ސްކީމުގެ ދަށުން އުސޫލުތައް އާންމުކޮށް އެ ދެ ކެޓަގަރީއަށް ކުރިމަތިލެވޭ ގޮތަށް ހުޅުވާލަން ތައްޔާރުވަމުންދާކަން ސަރުކާރުން ހާމަކޮށްފި އެވެ.

Wamco

މި ސަރުކާރުން ހުޅުވާލި "ބޯހިޔާވަހިކަން އެންމެނަށް" ސްކީމަށް އަނބިމީހާ ނުވަތަ ފިރިމީހާގެ ނަމުގައި އަމިއްލަ ބޯހިޔާވަހިކަމެއް އޮތް ނަމަވެސް، ގޯއްޗަށް ކުރިމަތިލިވޭނެ ކެޓަގަރީއަކާއި އަދި ބިންވެރިޔާ ސްކީމުން ޖޮއިންޓްކޮށް ގޯތި ލިބުނު މީހުންނަށް، އެންމެން ބިން ދޫކޮށްލާގޮތަށް ވަކިން ހުށައެޅޭނެ ކެޓަގަރީ އިތުރުކުރަން ނިންމާފައިވާކަން މިއަހަރުގެ ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު ވަނީ އިއުލާނުކުރައްވާފައި އެވެ. ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވެފައިވަނީ އާ ޕްރޮގްރާމުގެ ދަށުން އެ ދެ ކެޓަގަރީއަށް 1،000 ގޯތި ކަނޑައަޅާނެ ކަމަށެވެ. އެ ގޯތިތައް ދޭން ނިންމާފައި ވަނީ މިހާރު ހިއްކަމުން އަންނަ ރަސްމާލެއިން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވެފައިވެ އެވެ.

މިކަމާއި ގުޅޭގޮތުން ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެއްވަމުން ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްޠަލިބް ވިދާޅުވީ މި ކެޓަގަރީތަކާއި ގުޅޭ އުސޫލުގައި ހިމަނާނެ ޝަތުރުތަކާއި މާކްސް ދިނުމުގައި ބަލާނެ މިންގަނޑުތައް ކަނޑައާޅާ، އުސޫލު ފައިނަލް ކުރުމުގެ މަސައްކަތްތައް ކުރަމުންދާކަމަށާއި ރޯދަ މަހުގެ ކުރީން އަންނަ ހަފްތާގެ ތެރޭގައި މި އުސޫލު އާންމުކުރަން މަސައްކަތްކުރަމުންދާ ކަމަށެވެ. އަދި އުސޫލު އާންމުކުރެވިގެން ދިޔުމާއިއެކު އަންނަ މަރިޗުމަހުގެ ކުރީކޮޅު ފޯމު ހުށައެޅުމަށް ހުޅުވާލުމަށްވެސް މަސައްކަތްކުރަމުންދާކަން ވަޒީރު ރޭ ވަނީ ހާމަކުރައްވާފައި އެވެ.

"މީގެ މުޅި ވިސްނުމަކީ ބިންވެރިކަމެއް ނެތް އާއިލާތަކަށް އެ ފުރުޞަތު ހޯދައިދިނުން." ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ބިންވެރިޔާ ސްކީމްގައި ޖޮއިންޓްކޮށް ގޯތި ލިބިފަވާ މީހުންނަށް، އެންމެން އެއްބަސްވާނަމަ ވަކިން ހުށައަޅަން ފުރުޞަތު ދީފައިވަނީ، އާއިލީ އިޖުތިމާޢީ މައްސަލަތައް ކުޑަކުރުމަށްކަމަށާއި ޖޮއިންޓްކޮށް ލިބުނު ބިން އެއްކޮށް ދޫކޮށްލާގޮތަށް ކަނޑައެޅީ އެހެން ނޫންނަމަ ދޫކޮށްލާ ކުދި ބިންކޮޅުގެ އެކަށީގެންވާ ބޭނުން ނުހިފޭނެތީކަމަށެވެ. މީގެ އިތުރުން އަނބިމީހާ ނުވަތަ ފިރިމީހާގެ މާލޭ ސަރަހައްދުގައި ބޮމެއް އޮތް ކަމަށްވީ ނަމަވެސް ކުރިމަތިލާ މީހާގެ ނަމުގައި ތަނެއް ނެތް ކަމަށްވާ ނަމަ، އެމީހަކަށް ބިމަށް ކުރިމަތިލެވޭނެ ގޮތްވެސް އައު ކެޓަގަރީތަކާއިއެކު ފަހިވެގެންދާނެކަމަށެވެ.

މި ފުރުޞަތަކީ ބިންވެރިކަން ނެތް އާއިލާތަކަށް އެ ފުރުޞަތު ހޯދައިދިނުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވި ނިންމެވުމަށްކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

މި ސަރުކާރުގެ ފުރަތަމަ ބޯހިޔާވަހިކަމުގެ ޕްރޮގްރާމް ކަމަށްވާ "ބޯހިޔާވަހިކަން އެންމެނަށް" ސިޔާސަތު އިޢުލާނުކޮށްފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު 16ވަނަ ދުވަހުއެވެ. މި ޕްރޮގްރާމުގެ ދަށުން ރަސްމާލެއިން 15000 ގޯއްޗާއި، 7900 ފްލެޓް ދޫކުރުމަށް ހުޅުވާލިއެވެ. މި ޕްރޮގްރާމުގެ ދަށުން ގޯއްޗަށް އެދި ހުށަހެޅޭނީ އަންނަ މާރިޗު މަހުގެ 4 ވަނަ ދުވަހުގެ ނިޔަލަށެވެ. އަދި ފެލްޓަށް އެދި ހުށަހެޅޭނީ އޭޕްރީލް މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC