
-
ހުވަދުއަތޮޅު އުތުރުބުރީ ކަނޑުހުޅުދޫ ކައުންސިލުން މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް އާދަމް ޝަރީފު ޢުމަރާ ބައްދަލުކުރައްވައިފިއެވެ.

މިނިސްޓްރީގައި މިއަދު އޮތް މި ބައްދަލުކުރެއްވުމުގައި ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން އެ ރަށުގައި ޢިމާރާތްކުރާ ކައުންސިލްގެ އިދާރާގެ މަސައްކަތް ކުރިޔަށްދާ ގޮތާ ބެހޭގޮތުން މަޝްވަރާކޮށްފައިވެއެވެ.
އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް ކުޑަކުދިންގެ ޕާކެއް ނެތް ކޮންމެ ރަށެއްގައި ޕާކެއް އެޅުމަށް ސަރުކާރުން ހިންގާ މަޝްރޫއުގެ ދަށުން ކަނޑުހުޅުދޫގައި އަޅާ ޕާކުގެ މަސައްކަތާ ބެހޭގޮތުންވެސް މަޝްވަރާ ކޮށްފައިވެއެވެ.
މީގެ އިތުރުން ކައުންސިލުގެ މުވައްޒަފުންގެ ޤާބިލުކަން އިތުރުކުރުމަށް ތަމްރީނު ޕްރޮގްރާމެއް ހިންގުމުގެ ވިސްނުން ކައުންސިލުން މިނިސްޓަރާ ހިއްސާކުރެއްވިއެވެ.
މި ބައްދަލުވުމުގައި ސްޓޭޓް މިނިސްޓަރ އަޙުމަދު ރަޝީދު ވަނީ ކަނޑުހުޅުދޫގައި ހިންގާ މަޝްރޫއުތަކުގެ އަދާހަމަ ކައުންސިލާ ހިއްސާކުރައްވާފައެވެ. އަދި މިނިސްޓަރ ވަނީ ކައުންސިލުން އެދިވަޑައިގެންނެވި ކަންކަން ފުރިހަމަ ކުރުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ފުރިހަމަ ޔަޤީންކަން ދެއްވާފައެވެ.
ގުޅުންހުރި

ވަޒީރު އާދަމް ޝަރީފް، ކަނޑުހުޅުދޫ ކައުންސިލާއި ބައްދަލުކުރައްވައިފި

ހިންގުން ހަރުދަނާކުރުމަށް އިންޓަރނަލް އޮޑިޓް ރަނގަޅުވާން ޖެހޭ: އާދަމް ޝަރީފް

ކީރިތި ޤުރުއާން ކިޔެވުމަކީ އާދައެއްގެ ގޮތުގައި ހެއްދެވުމަށް މިނިސްޓަރު އާދަމް ޝަރީފް އިލްތިމާސްކުރައްވައިފި





