
ޤައުމީ ދިފާޢީ ބާރުގެ ސްޕެޝަލް ފޯސަސްގެ ޓީމުން ހޯދި ކާމިޔާބީއާއިމެދު ފަޚުރުވެރިވޭ - ރައީސް
# ރައީސް މުއިއްޒު-
ޕާކިސްތާން އާރމީ ޓީމް ސްޕިރިޓް (ޕެޓްސް) މުބާރާތުގައި މިއަހަރު ވާދަކުރި ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ ސްޕެޝަލް ފޯސަސްގެ ޓީމުން ރަން މެޑަލް ޙާޞިލު ކުރުމަކީ ދިވެހި އަސްކަރިއްޔާ އަށާއި ދިވެހިރާއްޖެއަށް ލިބުނު ވަރަށް ބޮޑު ފަޚުރަކާއި ޝަރަފެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ އެމަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓުގައި މިއަދު ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
އަހަރަކު އެއްފަހަރު ބާއްވާ މި މުބާރާތުގައި މިއަހަރު 16 ޤައުމަކުން 24 ޓީމު ބައިވެރިވިއެވެ.
މި މުބާރާތަކީ ޓީމުތަކުގެ އަސްކަރީ ހުނަރުގެ މޮޅުކަމާއި، އަސްކަރީ އަޚްލާޤާއި، ބައިވެރިންގެ ހިތްވަރާއި ޢަޒުމް، ބުންވަރާއި މެންޓަލް ފިޓްނަސް އަދި ޓީމުގެ ބަދަހި ގުޅުން ތަފާތު އެތަކެއް އުނދަގޫ ޙާލަތުގައި ޓެސްޓު ކުރާ މުބާރާތެކެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ޕޯސްޓުގައި ދިވެހި ސިފައިން ހޯދި ކާމިޔާބީއަށް ހޫނު މަރުޙަބާއެއް ދަންނަވައި، ޓީމުގެ ހުރިހާ މެންބަރުންނަށް އައްސަރިބަހާއި ސާބަސް ރައްދު ކުރައްވާފައިވެއެވެ.
ގުޅުންހުރި

ޤައުމީ ދިފާޢީ ބާރުގެ ސްޕެޝަލް ފޯސަސްގެ ޓީމުން ހޯދި ކާމިޔާބީއާއިމެދު ފަޚުރުވެރިވޭ - ރައީސް

ރައީސުލްޖުމްހޫރިއްޔާ، ރަސްމީ ދަތުރުފުޅެއްގައި ޖަރުމަނުވިލާތަށް ފުރާވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ، "ޤަޟާޢީ އަހަރު 2026" އިފްތިތާޙްކޮށްދެއްވައިފި





