logoEN
Sto top
ޔުއެފާ ފުޓްސަލް ޗެމްޕިއަންޝިޕް 2026: ޕޯޗުގަލް ބަލިކޮށް ސްޕެއިން ޗެމްޕިއަންކަން ހޯދައިފި

ޔުއެފާ ފުޓްސަލް ޗެމްޕިއަންޝިޕް 2026: ޕޯޗުގަލް ބަލިކޮށް ސްޕެއިން ޗެމްޕިއަންކަން ހޯދައިފި

ހަސަން ޝަމްއޫން

logo

2/8/2026, 3:53:08 AM

# ޔުއެފާ ފުޓްސަލް ޔޫރޯ# ބޭރު ދުނިޔޭގެ ކުޅިވަރު

ސްޕެއިންގެ ކުޅުންތެރިން މުބާރާތުގެ ޓްރޮފީއާއެކު އުފާފާޅުކުރަނީ..

ޔުއެފާ ފުޓްސަލް ޗެމްޕިއަންޝިޕް 2026 ގެ ފައިނަލުގައި އެންމެ ފަހުގެ ޗެމްޕިއަން ޕޯޗުގަލް 5-3 ގެ ނަތީޖާއަކުން ބަލިކޮށް ސްޕެއިނުން މުބާރާތުގެ ޗެމްޕިއަންކަން އަށްވަނަ ފަހަރަށް ހޯދައިފިއެވެ.

Wamco

މުބާރާތުގެ ފައިނަލުން ސްޕެއިން ޖާގަ ހޯދީ ސެމީފައިނަލުގައި 2-1 ގެ ނަތީޖާއަކުން ކްރިއޭޝިއާ ބަލިކުރުމަށްފަހު އެވެ. އަދި ޕޯޗުގަލް ފައިނަލުން ޖާގަ ހޯދީ ސެމީފައިނަލުގައި 4-1 ގެ ނަތީޖާއަކުން ފްރާންސް ބަލިކުރުމަށްފަހު އެވެ.

މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 3-2 ގެ ނަތީޖާއަކުން ސްޕެއިން ކުރީގައި އޮވެގެންނެވެ. އަދި ދެވަނަ ހާފުގައި ސްޕެއިން އިތުރު ދެލަނޑު ކާމިޔާބުކުރިއިރު، މިހާފުގައި ޕޯޗުގަލް އިން ވެސް ވަނީ އެއްލަނޑު ކާމިޔާބުކޮށްފައެވެ.

އެގޮތުން މިމެޗުގައި ސްޕެއިންގެ އެންޓޯނިއޯ ޕެރޭޒް ތިން ލަނޑު ކާމިޔާބުކޮށް ހެޓްރިކް ހެދިއިރު، އެޓީމުގެ ރާޔާ އަދި އަޑޮލްފޯ މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ މިމެޗުގައި އެއްލަނޑު ކާމިޔާބުކޮށްފައެވެ. މީގެ އިތުރުން މިމެޗުގައި ޕޯޗުގަލްގެ އަފޮންސޯ ޖިސޫސް، ރުބެން ގޮއިސް އަދި ޕައުލެޓާ މިއިން ކޮންމެ ކުޅުންތެރިއަކު އެއްލަނޑު ކާމިޔާބުކުރިއިރު، މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސްޕެއިންގެ އެންޓޯނިއޯ ޕެރޭޒް އެވެ.

މީގެ ކުރިން ސްޕެއިނުން ވަނީ 1996، 2001، 2005، 2007، 2010، 2012، 2016 ގައި ޔުއެފާ ފުޓްސަލް ޔޫރޯ ކާމިޔާބުކޮށްފައެވެ. އަދި 2018 އަދި 2022 ވަނަ ބޭއްވުނު ޔުއެފާ ފުޓްސަލް ޔޫރޯ ކާމިޔާބުކޮށްފައިވަނީ ޕޯޗުގަލް އިންނެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC