logoEN
Sto top
ޙިމާޔަތްކޮށްފައިވާ ސަރަހައްދުތަކާބެހޭ 2 ވަނަ ޤައުމީ ފޯރަމް ނިންމާލައިފި

ޙިމާޔަތްކޮށްފައިވާ ސަރަހައްދުތަކާބެހޭ 2 ވަނަ ޤައުމީ ފޯރަމް ނިންމާލައިފި

އަހުމަދު ޝުރާއު

logo

2/6/2026, 11:13:46 AM

# މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާ

-

ޙިމާޔަތްކޮށްފައިވާ ސަރަހައްދުތަކާބެހޭ 2 ވަނަ ޤައުމީ ފޯރަމް އިއްޔެ ނިންމާލައިފި އެވެ.

Wamco

ބަނޑޮސް އައިލެންޑް ރިސޯޓްގައި 3-5 ފެބުރުވަރީ 2025 އަށް ބޭއްވި މި ފޯރަމްގައި ދިވެހިރާއްޖޭގައި ޙިމާޔަތްކޮށްފައިވާ ސަރަހައްދުތައް ބެލެހެއްޓުމަށް ހަރަކާތްތެރިވާ ފަރާތްތަކާއި އަދި ޙިމާޔަތްކޮށްފައިވާ ސަރަހައްދުތައް ހިމެނޭ ރަށްތަކުގެ ކައުންސިލުތަކުން ބައިވެރިވިއެވެ. މީގެ އިތުރުން ތިމާވެށި ޙިމާޔަތްކުރުމަށް މަސައްކަތްކުރާ އެން.ޖީ.އޯ ތަކާއި ބައިނަލްއަޤްވާމީ ތަޖުރިބާކާރުންނާއި. އެހެނިހެން ޤައުމުތަކުގެ ޑެލިގޭޓުން ހިމެނޭގޮތަށް، ޖުމްލަ 100 އަށްވުރެ ގިނަ ފަރާތްތަކުން މި ފޯރަމްގައި ބައިވެރިވިއެވެ.

މި ފޯރަމް ކުރިއަށްގެންދިޔައީ މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް އާއި، އިނގިރޭސި ވިލާތުގެ އޯޝަން ކަންޓްރީ ޕާރޓްނަރޝިޕް ޕްރޮގްރާމް (އޯ.ސީ.ޕީ.ޕީ) އާއި، އިންޓަރނޭޝަނަލް ޔޫނިއަން ފޮރ ކޮންޒަރވޭޝަން އޮފް ނޭޗަރ (އައި.ޔޫ.ސީ.އެން)އާއި އަދި މޯލްޑިވްސް ރެޒިލިއަންޓް ރީފްސް (އެމް.އާރ.އާރ) ގުޅިގެންނެވެ.

މި ފޯރަމްގައި ޙިމާޔަތްކޮށްފައިވާ ސަރަހައްދުތަކާ ބެހޭގޮތުން ކޮންވެންޝަން އޮން ބަޔޮލޮޖިކަލް ޑައިވާރސިޓީއިން އެކުލަވާލައިފައިވާ ކުންމިންގ މޮންޓްރިއަލް ގްލޯބަލް ބަޔޯޑައިވަރސިޓީ ފްރޭމްވާރކްގެ 30x30 ލަނޑުދަނޑި އަށް ވާސިލުވުމަށްޓަކައި ދިވެހިރާއްޖެއިން އެކުލަވާލަމުންދާ ރޯޑްމެޕް ތަންފީޒު ކުރާނެގޮތްތަކާ ބެހޭގޮތުން މަޝްވަރާ ކޮށްފައިވެއެވެ. އަދި ރާއްޖެގައި ޙިމާޔަތްކޮށްފައިވާ ސަރަހައްދުތައް މެނޭޖްކޮށް ބެލެހެއްޓުމާއި، އެތަންތަނުން ތިމާވެއްޓަށާއި އާއްމުންނަށް އެންމެ އެކަށޭނަ ގޮތަކަށް ފައިދާ ލިބޭނެ ގޮތަކަށް މަސައްކަތްތައް މުސްތަގުބަލުގައި ކުރިއަށް ގެންދާނެ ގޮތްތަކާބެހޭ ގޮތުންވެސް މަޝްވަރާކޮށްފައިވެއެވެ.

މީގެއިތުރުން މިހާރު ޙިމާޔަތް ކޮށްފައިވާ ތަންތަން ބެލެހެއްޓުމުގައި ޙަރަކާތްތެރިވާ ފަރާތްތަކަށް ބޭނުންވާ ތަމްރީނާއި އަދި އެތަންތަން ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމަށް ބޭނުންވާ މާލީ އެހީތެރިކަމާއި އާއްމުންގެ އެއްބާރުލުން ހޯދާނެ ގޮތްތަކާބެހޭ ގޮތުން މަޝްވަރާކުރެވި ފޯރަމްގެ ބައިވެރިންގެ ފަރާތުން، ހިމާޔަތްކޮށްފައިވާ ސަރަހައްދުތައް ބަލަހައްޓައި ދެމެހެއްޓެނިވި ގޮތުގައި ބޭނުން ކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތަޖުރިބާ ހިއްސާކޮށްފައިވެއެވެ.

3 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި ފޯރަމް ނިންމާލުމުގެ ރަސްމިއްޔާތުގައި ސައުތު އަރި މެރިން ޕްރޮޓެކްޓެޑް އޭރިޔާ (ސަންޕާ) މެނޭޖްކޮށް ބެލެހެއްޓުމަށް، ބޭންކް އޮފް މޯލްޑިވްސްގެ ފަރާތުން ވެދެއްވި އެހީތެރިކަން ފާހަގަކޮށް މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް އަލްފާޟިލް ޠާރިޤް އިބްރާހީމް ބީ.އެމް.އެލް އަށް ޝުކުރު އަދާކުރެއްވިއެވެ. އަދި މި ފޯރަމް ކާމިޔާބު ކަމާއެކު ކުރިއަށް ގެންދިއުމުގައި އެހީތެރިވެދެއްވި ފަރާތްތައް ކަމުގައިވާ އޯ.ސީ.ޕީ.ޕީ، އައި.ޔޫ.ސީ.އެން، އެމް.އާރ.އާރ އަށާއި އަދި މި ފޯރަމްގެ އެންމެހާ ބައިވެރިންނަށްވެސް މިނިސްޓަރ ޝުކުރު އަދާކުރެއްވިއެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC